10 Sep 11

ޑެންގީހުމާއިގުޅިގެން ގެމަނަފުށި ސާފްކުރުމުގެ ޕްރޮގްރާމެއް މިއަދު ކުރިޔަށް އެބަދެއެވެ

Print Email
Written by Bolhey

gemanafushi-rayyitun.jpg

ގެމަނަފުށީގައި ނުރައްކާތެރި ދަރޖައަށް ޑިންގީހުން އިތުރުވެ، ސިއްޙީމަރުކަޒުން އެދެވޭ ފަރުވާނުދެވި، ރަށުން ބޭސްހުސްވުމާއިގުޅިގެން އިއްޔެ އަތޮޅު ހޮސްޕިޓަލުންވަނީ ޑޮކްޓަރުންގެ ޓީމެއް ބޭހާއެކު ގެމަނަފުއްޓަށް ފޮނުވާފައެވެ.

މީގެއިތުރުން މިއަދު ހެނދުނާއި ހަވީރު އެމް.އެން.ޑީ.އެފްގެ ފަރާތުންވަނީ މަދިރިބޭސް ރަށުތެރެއަށް ޖަހާފައިވެއެވެ. އަދިހަމައެހެންމެ ޕޮލިހުންނާއި ރައްޔިތުން ގުޅިގެން މިއަދު ރަށުތެރެ ސާފްކުރުމުގެ ޕްރޮގްރާމެއްވެސް ކުރިޔަށް ގެންގޮސްފައިވެއެވެ.