![]()
ގެމަނަފުށީގައި މިވަގުތުއޮތް އެންމެ ހަރަކާތްތެރި ޒުވާން ގުރޫއްޕު ކަމުގައިވާ ބީސީގެ ފަރާތުން ގެމަނަފުށީގައި ޢީދު ކުޅިވަރު ބާއްވާފިއެވެ. ޢީދުކުޅިވަރު ފެށިގެން ދިޔައީ ބީސީގެ ކޯޑިންނެވެ. ޢީދު ދުވަހު ކޯޑި ކެނޑުމައްފަހު ވަޅު ޢީދު ދުވަހު ބީސީންވަނީ މަގުމަތީ ޕެރޭޑެއް ބާއްވާފައެވެ. ޢީދު ކުޅިވަރު ފާހަގަ ކުރުމުގެ ގޮތުން ބީސީން ބާއްވަން ހަމަޖެއްސި ސްޓޭޖް ޝޯވް ނުބާއްވާކަމަށް އަޅުގަނޑުމެންނަށް ހަބަރު ލިބިފައިވެއެވެ. މި ޝޯވް ނުބޭއްވުނީ ސައުންޑް ސިސްޓަމެއް ނުލިބުމުންކަމަށް ހަބަރު ލިބެއެވެ.
އަޅުގަނޑުމެންނަށް ހަބަރު ލިބިފައިވާ ގޮތުގައި "ޢީދު ކުޅިވަރުގެ ނަމުގައި ގެމަނަފުށީ ކައުންސިލުން ދެއްވަދުއާއިއެކު އެކުވެރިކަމުގެ ފުޓްބޯޅަމެޗެއް ރޭވިއެވެ. އަދި މިނަމުގައި ކައުންސިލުން ބޭނުންވީ ޒުވާނުންގެ އަތުން ފައިސާ އަތުލައިގެން މިދަތުރުކުރާށެވެ. ނަމަވެސް ޒުވާނުންވަނީ ފައިސާ ދިނުމަށް އިންކާރުކޮށް ކައުންސިލަރުންނަށް ފާޑުކިޔާފައެވެ. އެއްކަމެއްވެސް ނުކޮށް ދެއަތް އުރާގެންތިބެ މަހަކު 12 ހާސް ރުފިޔާ ލިބޭ 5 ކައުންސިލަރުންނަށް އީދުކުޅިވަރު ކުޅުމަށް ޒުވާނުންނަށް ލޯލާރި ފޮއްޗެއްވެސް ދިއްކޮށްލާކަށް ނުކެރުނެވެ. އޭގެ ބަދަލުގައި އެމީހުން ބޭނުންވީ ޒުވާނުން ފެލައިގެން އެދަތުރު ކުރާށެވެ."
ޒުވާނުންނާއި ކުލަބުޖަމުއްޔާތައް އެއްކާރިކުރުމަށްފަހު ގެމަނަފުށީ ކައުންސިލްގެ ނަމުގައި ގެމަނަފުށީ ކައުންސިލްގެ ބަޖެޓުން ފައިސާ ޚަރަދުކޮށްގެން މިއަދު ގެމަނަފުށީގައ ވަނީި ބަށި މުބާރާތެއް ބާއްވާފައެވެ.





