ހަގީގަތަކީ ކޯޓު ތަކަށް އައްޔަނުވެ އަދި މުޅި އުމުރަށް ދާއިމީވި ފަނޑިޔާރުންނަކީ ގާނޫނު އަސާސީގައި ބުނާ ޝަރުތު ފުރިހަމަ ނުވާ މީހުންކަން... ހަގީގަތަކީ އައްޔަނުވި ފަނޑިޔާރުނގެ ތެރޭގައި 30 އަށް ވުރެ ގިނަ މީހުން އެބަތިބި ޖިނާއީކުށް ސާބިތުވެފަ.. މަޝްހޫރު އަބްދުﷲ ގާޒީ އެއީ އެއިން އެކަކު... އަހުލާގީ މައްސަލަތައް ހުރި އެތައް ފަނޑިޔާރަކު އެބަތިބި...
ވޭތުވެދިޔަހާ ޒަމާނެއްގައި ދިވެހިރާއްޖޭގެ ވެރީންގެ ގޮތުގައި ތިބިހައި ބައެއްގެ ފުށުން ރައްޔިތުންނަށް ލިިބެމުންދިޔަ އަނިޔާތަކުގެ ވާހަކަތަކަކީ ކިތަންމެ ގިނައިން ދެއްކިޔަސް އެއްވެސް ބަޔަކަށް އިވޭ އަޑުތަކެއް ނޫނެވެ. އެހެނީ އެއަޑުއަހާ މީހުންނަށްވެސް ލިބެނީ ބޮޑެތި އަނިޔާތަކާ ގެއްލުމެވެ. އެހެންކަމުން ” ގިރާވަރުމީހުންގެ ސިއްރެއްގެ ” ގޮތުގައި އެކަންއޮތީ ސިއްރު ވެފައެވެ.
ރާއްޖޭގެ ޚުދުމުޚުތާރު ވެރިކަމުގެ ސިލްސިލާގެ އެންމެ އަނިޔާވެރި ވެރިކަން ނައްތާލުމަށް މަދުބަޔަކު ނުކުމެ ކުރާންފެށި މަސައްކަތްތަކުގެ ސަބަބުން ގިނަބަޔަކު މިކަމުގައި ބައިވެރިވެ އެކުވެލުމުން އެންމެ އަޑުގަދަކޮށް މިއުޑުދަށުގައި ގުގުމަންފެށި އެއްއަޑަކީ ކުރީގެ ސަރުކާރުން ރައްޔިތުންނަށް ޚާއްސަކޮށް އެކިއެކި ތުހުމަތުތައް އަޅުވައި ހައްޔަރުކުރާ މީހުންނަށް ދެމުންގެންދިޔަ އަދި، ދީފައިވާ އަނިޔާތަކުގެ ވާހަކައެވެ. މީހުން ބިރުން ފިއްކަނޑައިގެން ދާވަރުގެ ބޮޑެތި އަނިޔާތައް ޖަލުތަކުގައި ދެވެމުންދާ ވާހަކައެވެ. އެއަނިޔާ ތަކުގައި އެތަކެއް ސަތޭކަ މީހުންގެ ފުރާނަ ކުށަކާއި ނުލައި ނައްތާލެވިފައިވާ ކަމުގެ ވާހަކައެވެ. ދަންޖައްސައި މަރާފައިވާ ކަމުގެ އަޑުތަކެވެ.
ދީން ހިމާޔަތްކުރުމުގެ ނަމުގައި މުޒާހަރާކުރައްވާއިރު ތިމާގެ އަމިއްލަ ނަފްސު ތޯހިރުކުރެއްވުން މާމުހިންމުކަމަށް ފެނެއެވެ. ވެރިކަން ބޭނުންފުޅުނަމަ 2013 އަންނަންދެން ހުރިހާބޭފުޅުންވެސް މައިތިރިވެގެން ތިއްބެވުމަށް އަޅުގަނޑު އިލްތިމާސްކުރަމެވެ.






