![]()
ގެމަނަފުށި ކައުންސިލަރުން މާލެ ދިޔައީ ރައީސާއި ބައްދަލުކުރާކަށެއް ނޫން. ކައުންސިލް ރައީސް އާސިމު މުޙައްމަދު ދިޔައީ، އަބިކަނބުލޭގެ ގޮވައިގެން ދަރިއަކު ލިބޭތޯ ބޭސްކުރަން އިންޑިޔާއަށް. މާލެ ދިޔަތާ ތިންވަނައަށް ވީދުވަހު އެދެމެފިރިކަމަނބަލުން އިންޑިއާއަށް ފުރާ ވަޑައިގެންފި. އަދިވެސް ތިއްބެވީ އިންޑިޔާދައި. ނައިބުރައީސް އަޖުވަދު މުޙައްމަދު މާލެ ދުރުވީ އަމިއްލަ އާލާސްކަންފުޅަކަށް ބޭސްކުރަން. އެކަމުން އަވަދިވެގުން އިއްޔެގެ ވަގުތެއްގައި ރަށަށްވަޑައިގެންފި. މިއީތެދެއްކަން އެގޭނެ އައިޖީއެއްހެޗަށް އަދި އޭޑީކޭއަށްވެސް.
ކައުންސިލަރު މުހައްމަދު ސާލިހު މާލެ ދުރުވީ، މަނިކުފާނު ހައްދާ ދަނޑަށް ދޫކޮށްފައިވާ ސަބްސިޑީ ބަލާ، އެތަކެތި ހިފައިގެން ރަށަށް އެބުރި އައިތާ މިހާރު 4 5 ދުވަސްވެއްޖެ. ކައުންސިލު މެންބަރު ހާޝިމު މާލެ ދުރުވީ، މަންމަ ހައްޖިއަށް ފުރުވަން، މިޓީމަށްވުރެ ކުރިން ހާޝިމު މާލެ ގޮސްފި، އަދިވެސް ހުރީ މާލޭގައި. ކައުންސިލް މެންބަރު ފިޔާޒު ހަސަން މާލެ ދިޔަ ވަކިސަބަބެއް ނޭގޭ، އެކަމަކު އޭނަ ހަދަމުން ދާ ގޭގެ ވަރަށްގިނަ ސާމާނު މާލޭން މިފަރު ގެނައި. އެކަމަކު ރައްޔިތުންގެ ބަޖެޓުން ކުރި ދަތުރަކަށްވީމަ، މީހުންގެ ލޯ މަތުރާލުމަށް، ރައީސް ނަޝީދާއި ބައްދަލުކުރާށޭ ކިޔަނީ. މޮޔައިންދައްކާގަހަލަ ވާހަކަ ދެއްކުން ހުއްޓާލަން ނުވޭތަ އަދިވެސް.
ރައީސް އޮފީހުގެ އެޕޮއިންޓު މެންޓްތައް ގައުމީ އިދާރާއިން ދޫކުރިވާހަކައެއް، މީހަކު ދޮގަކައްވެސް ބުނިއަޑެއް މީގެކުރިން އަހަންނެއް ނާހަން. އަދި އެވަރަށް ލާމަރުޒީއެއް ނުވޭ. 30އަހަރުތެރޭގައިވެސް ކުރިކަމެއްނޫން އެއީ. ރަށުގެ ސްކޫލާއި އެހެނިހެން އިމާރާތްތަކަށް ވަގަށްވަދެ، ބާފަރުނީޗަރުތަކާއި، އުކާލަން ބައްޓާފަހުރިތަކެތި، ތަންތަނަށް ވައްދައިގެން ވީޑިއޯކޮށް ފޮޓޯނަގާ ރަށުގެ ހާލަތު މީހުނަށް އޮޅުވާލައި މަކަރުހެދުމަށް ކައުންސިލުން ހިންގި ޖަރީމާއާއިގުޅިގެން، ގައުމީއިދާރާއާއި ކައުންސިލާދެމެދު ވަނީ ވަރަށް ބޮޑު ނުތަނަވަސްކަމެއް އުފެދިފައިކަންވެސް އެއީ އެންމެނަށް އެގޭ ހަގީގަތެއް.
ގެމަނަފުށީގެ ހާލަތުބަޔާން ކުރުމަށޭ ކިޔައި ކައުންސިލުން އުފެއްދި ވީޑިޔޯގައިވާ ކަންތައްތައް ފެނުމުން ސިޔާސީ ބޭފުޅުން ތަންތަނަށް އަރާތިބެ މިވެނި އެވެނި ރަށެއްގެ ހާލަތު އޮތްގޮތޭކިޔައި ދައްގާ ވާހަކަ ތަކުގެ ދޮގު ތެދު މިނާއިމެދު މިރަށުގެ އެންމެންގެ ހިތުގައިވަނީ ޝައްކު އުފެދިފައި.
މިއަށްވުރެ ރައްޔިތުންނަށް އަނިޔާވެރި، ހަމަޔާއި އިންސާފުން އެއްކިބާވެ އަމިއްލަ މަސްލަހަތަށް ކަންކުރި ބަޔަކު ގެމަނަފުށީގެ ރައްވެހިކަމުގެ ތާރިޚުން ފެންނާކަށް ނެތް. ކައުންސިލްކަމުގައި އަހަރުވާން ކައިރިވެފައިވާއިރު ކުރެވުނު ހަމައެކަނި ކަމަކީ މަގު ބައްދި ކޮޅެއް ޖެހުން، އެޖެހުމަގައި ކަރޮޕްޝަނުގެ އެތަކެއް އަމަލެއް ވަނީހިންގައި އަމިއްލަ ޖީބުތައް ފުރާލާފައި. ބައްތި ދަނޑި ހެދުމަށް ހުށަހެޅި ބިޑު ކާމިޔާކުރީ ކައުންސިލުގެ ރައީސް، ބައްތި ޖެހުމުގެ ބިޑު ކާމިޔާބުކުރީވެސް ކައުންސިލުގެ ރައީސް. ބައްތި ޖަހަމުން ގެންގޮސްފައިވަނީ ރައްޔިތުންގެ މެދުގައި ހަމަޖެހުން ގެއްލޭގޮތަށް. މީގެ ދިހަވަރަށް އަހަރުކުރިން ރަށުގައި ކުރަހާފައިވާ ނެޓްވޯކް ޗާޓާއި މުޅިން ޚިލާފަށް، ބައްތިޖަހާފައިވަމީ، ވަކި މިވެނި ދުރުމިނެކުންނޭވެސް ނުބުނެވޭގޮތަށް. ކައުންސިލަރުންގެ އާއިލީ ގެތަކާއި، ޕީޕީއެމްގެ މެންބަރުންގެ ގެތަކުގެ ކުރިމައްޗަށް ހޮޅިދަނޑިތަށް ދަމާލާފައިވަނީ އެއްވެސް ހަމައެއް އުސޫލެއް ނެތިކަން ގެމަނަފުށީގެ އެންމެހާރައްޔިތުން ގަބޫލުކުރޭ.
ރަށުގެ ލޭންޑު ޔޫސް ޕްލޭނުންބޭރުން، އަދި މިފަހަރު ގޮވަތި ދޫކުރުމަށް ކަނޑައަޅާފައިވާ މިންގަނޑުން ބޭރުން ކައުންސިލުގެ ރައީސްގެ ކޮއްކޮއަށް ގޮވައްޗެއްދިފައިވާ މައްސަލަ ރަށުތެރޭގައި ހޫނުގޮށް ދެކެވޭތީ، އެކަން އޮއްބާލުމައްޓަކައި، ރައީސް ނަޝީދާއި ބައްދަލުކުރަނީޔޭ ކިޔައި އުޅުނަސް މިހާރު އެންމެނަށް އެގޭ ތީކޮންބައެއްކަން. މިހާރު ތިއުޅެނީ މުޅި ރާއްޖެއަށް ބޭޒާރުވާންވެގެން.





