![]()
ގެމަނަފުއްޓަކީ ޒަމާނުއްސުރެ މައުމޫނަކީ ކަލަކުކަމުގައި ދެކެމުންދާ ބައެއް ދިރިއުޅޭ ރަށެކެވެ. މައުމޫނަށް އަޅުކަން ކުރެއޭ ބުނެވުމުން މިއީ ދޮގަކަށް ނުވާނެއެވެ. ރިޔާސީ އިންތިހާބުގައި ގެމަނަފުށީ މިސްކިތުގައި މައުމޫނަށް ރައީސްކަން ލިބޭތޯ ދުއާއެއްކުރިކަން ނުދަންނަ މީހަކު ގެމަނަފުށީގައި ނުހުންނާނެއެވެ. ގެމަނަފުށީ ކުދިބޮޑު އެންމެން ބުނާގޮތުގައި އެމްޑީޕީގެ ވެރިކަމެއްގައި ގެމަނަފުށީ މިސްކިތުން ބަންގިއެއް ނުގޮވާނެއެވެ. ގެމަނަފުށީގައި މަދުވެގެން 2 ފައްޅި އެޅޭނެއެވެ. އެހެންކަމުން ހަމައެކަނި ހައްގުވެގެން ގަބޫލުކުރެވޭ ބަހަކީ މައުމޫނުގެ ބަސްތަކެވެ.
އިލްހާމަށް މަޖިލީސް ގޮނޑިދިނީވެސް މިހެންކިޔާފައެވެ. އިލްހާމަށް ލިޔަންކިޔަން ނޭގޭކަން ގެމަނަފުށީ އެންމެހާ ރައްޔިތުންނަށް އެގެއެވެ. އިލްހާމުގެ އަހުލުބައިތުންނަކީ ގެމަނަފުށީގެތިބި އެންމެ ނުލަފާ ޖަނަވާރުންކަންވެސް ގެމަނަފުށީ އެންމެހާ ރައްޔިތުން ދަނެއެވެ. އެހްންނަމަވެސް މައުމޫނުގެ މާތް ދޫފުޅުން އިލްހާމަކީ އެންމެ ގާބިލު މީހާއޭ ބުނުމުން އިލްހާމަށް މަލާއިކަތެއްގެ ދަރަޖަ ގެމަނަފުށީ ރައްޔިތުންގެ ހިތްތަކުން ލިބިގެންދިޔައެވެ.
ކުރުކޮށްބުނާނަމަ ގެމަނަފުށީ ރައްޔިތުން އެދުވަނީކީ ޑީއާރުޕީގެ ފަހަތަކުންނެއް ނޫނެވެ. އެމީހުން އެދުވަނީ ހުދުމުހުތާރު މައުމޫނާއި ލިޔަންކިޔަން ނޭގޭ އިލްހާމުގެ ފަހަތުންނެވެ. މައުމޫނާއި އިލްހާމް މިހާރުއެވަނީ ޕީޕީއެމް ކިޔާ ޕާޓީއެއް ހަދާފައެވެ. ހަމައެއާއެކު ގެމަނަފުށީ ރައްޔިތުންނަށް އެވަރެއް ނެތެވެ. ޕީޕީއެމް (ޕްރައިވެޓް ޕާޓީ އެޕް މައުމޫނު) އަށް ވަނުމަށް ގެމަނަފުށީ ރައްޔިތުން އެތިބެނީ ކެތްމަދުވެފައެވެ.





