ގެމަނަފުށި ކައުންސިލަރުން މާލެ ދިޔައީ ރައީސާއި ބައްދަލުކުރާކަށެއް ނޫން. ކައުންސިލް ރައީސް އާސިމު މުޙައްމަދު ދިޔައީ، އަބިކަނބުލޭގެ ގޮވައިގެން ދަރިއަކު ލިބޭތޯ ބޭސްކުރަން އިންޑިޔާއަށް. މާލެ ދިޔަތާ ތިންވަނައަށް ވީދުވަހު އެދެމެފިރިކަމަނބަލުން އިންޑިއާއަށް ފުރާ ވަޑައިގެންފި. އަދިވެސް ތިއްބެވީ އިންޑިޔާދައި. ނައިބުރައީސް އަޖުވަދު މުޙައްމަދު މާލެ ދުރުވީ އަމިއްލަ އާލާސްކަންފުޅަކަށް ބޭސްކުރަން. އެކަމުން އަވަދިވެގުން އިއްޔެގެ ވަގުތެއްގައި ރަށަށްވަޑައިގެންފި. މިއީތެދެއްކަން އެގޭނެ އައިޖީއެއްހެޗަށް އަދި އޭޑީކޭއަށްވެސް.
ގެމަނަފުއްޓަކީ ޒަމާނުއްސުރެ މައުމޫނަކީ ކަލަކުކަމުގައި ދެކެމުންދާ ބައެއް ދިރިއުޅޭ ރަށެކެވެ. މައުމޫނަށް އަޅުކަން ކުރެއޭ ބުނެވުމުން މިއީ ދޮގަކަށް ނުވާނެއެވެ. ރިޔާސީ އިންތިހާބުގައި ގެމަނަފުށީ މިސްކިތުގައި މައުމޫނަށް ރައީސްކަން ލިބޭތޯ ދުއާއެއްކުރިކަން ނުދަންނަ މީހަކު ގެމަނަފުށީގައި ނުހުންނާނެއެވެ. ގެމަނަފުށީ ކުދިބޮޑު އެންމެން ބުނާގޮތުގައި އެމްޑީޕީގެ ވެރިކަމެއްގައި ގެމަނަފުށީ މިސްކިތުން ބަންގިއެއް ނުގޮވާނެއެވެ. ގެމަނަފުށީގައި މަދުވެގެން 2 ފައްޅި އެޅޭނެއެވެ. އެހެންކަމުން ހަމައެކަނި ހައްގުވެގެން ގަބޫލުކުރެވޭ ބަހަކީ މައުމޫނުގެ ބަސްތަކެވެ.
ދިވެހީންގެ ޤަދީމީ ތާރީޚަކީ ނޭނގުމާއި އަނދިރިކަމުގެ ތެރެއަށް ގޮސް އޮޅުންބޮޅުންވެފައިވާ އެއްޗެކެވެ. ދިވެހީން މާތްވެގެންވާ އިސްލާމް ދީނަށް އެނބުރުމުގެ ކުރީގެ މަޢުލޫމާތެއް ހަރުދަނާ އަދި ސާބިތު ގޮތެއްގައި ފެންނާކަށް ނެތެވެ. ރާއްޖޭގައި ހުރި ޤަދީމީ އާސާރުތައް ވެސް އަޅުގަނޑުމެންގެ މި ޒަމާނަށް އައި އިރު ހުރީ ވީރާނާ ވެފައެވެ. ބައެއް ތަންތަން ވަނީ މުޅިން ނެތި ގޮސްފައި ވެސް މެއެވެ. ކަން މިހެން ހުރުމާއެކު ދިވެހީންގެ އަޞްލަކީ ކޮބައިތޯ ކުރެވޭ ބޮޑު ސުވާލަށް އަދިވެސް ވަނީ އެކަށީގެންވާ ޖަވާބެއް ނުލިބި އެވެ. އެހެންކަމުން މި ސުވާލުގެ ޖަވާބު ލިބިދާނެ ބައެއް ދިމަދިމާއަށް އަޅުގަނޑުމެންގެ ވިސްނުން މިޞްރާބުކުރެވޭތޯ މަސައްކަތެއް ކުރަމާ ހިންގަވާށެވެ!
އެއީ 1997 ވަނަ އަނހަރެއެވެ. އެއިރު އުމުރުން 14 އަނހަރެއެވެ. އެއިރުއްސުރެން މަގޭ މިއުޅެނީ އުފަންރަށް އާދެ ގއ.ގެމަނަފުއްޓާ ދުރުގައެވެ. ކޮށްމެއަކަސް ހިތަށް އަރާ ހުރިހާ އެއްޗެއް ގަލަމުން ލިޔާނެ ގާބިލް ކަމެއް ހުރިނަމައޭ ހިތަށްއަރައެވެ. ނަމަވެސް ކޮށްމެވެސް ވަރެއްބަޔާން ކުރެވޭތޯ ބަލާނަމައެވެ.
ދުވަހުގެ އެންމެ މުހިންމު ކެއުމަކީ ހެނދުނުގެ ނާސްތާކަންއެނގިވަޑައިގަންނަވަނީ ކިތައް ބެލެނިވެރިނަށްތޯ އެވެ؟ ހަށިގަނޑަށްފައިދާހުރި ކާނާއެއް ހެނދުނުގެނާސްތާއަށް ބޭނުންކުރުމަކީ މުޅި ދުވަހުގެހަރަކާތްތައް ރަގަޅަށް ފެށުމަށް ލިބޭ ބާރެކެވެ. ނަމަވެސް ހެނދުނުގެނާސްތާއަށް ސަމާލުކަމެއް ނުދެވެއެވެ. ބޮޑެތި މީހުންނާއި ސްކޫލްކުދިންނާއިބެލެނިވެރިން ވެސް ހެނދުނު ސައި ދޫކޮށްލުން އާދަކޮށްފި އެވެ. ނަމަވެސްދަރިވަރުންނަށް ހެނދުނު ރަނގަޅު ނާސްތާއެއް ދިނުމަކީ ބެލެނިވެރިންގެޒިންމާއެކެވެ.
ކާބަފައިންގެ ޒަމާނުއްސުރެ އީދުގެ އުފާ ފާޅުކުރުމުގައި ވަރަށް ކުރީއްސުރެ ކުޑަކުދިން އަދި އުފެދެމުން އަންނަ ޒުވާނުން ތަފާތު އެތަށް ކުޅިވަރެއް ކުޅެއެވެ. ނަމަވެސް މިހާރަކަށް އައިސް ކުޅިވަރޭ ބުނުމުން ހިތަށް އަންނަނީ އިނގިލިތަކުން ގުނާލެވޭފަދަ މަދު ކުޅިވަރެކެވެ. ނަމަވެސް ހަގީގަތަކީ މިއެއް ނޫނެވެ. ގެމަނަފުށީގައިވެސް ވަރަށްގިނަ ކުޅިވަރުތަށް ކުޅެ އުޅުނެވެ. ނަމަވެސް ބައެއް ކުދި ކުދި ކުޅިވަރުތަށް މިހާރަކަށް އައިސް ނެތިގެން ގޮއްސިއެވެ. ނުވަތަ ފަނޑުވަމުން ދާން ފަށާއިފިއެވެ.
Page 1 of 29







