27 Aug 10

ސްކޫލަށް ގަޑިޖެހުން...

Print Email
Written by G ONE

juhaschool.jpg

އަލީއަށް ސްކޫލަށް ދެވުނީ ގަޑިޖެހުނުފަހުންނެވެ. އެހެންކަމުން އަލީ ގޮސް ކްލާހަށް ވަނުމާއެކު މުދައްރިސް ސުވާލުކުރެއްވިއެވެ.

"އަލީ! ކީއްވެތަ މިއަދު ގަޑިޖެހިގެން ތިޔައައީ؟"

"މަޢަފުކުރައްވާ މުދައްރިސް! އަޅުގަނޑަށް ގެއިން ނައްޓާލެވުނުލެއް މާބޮޑަށް ލަސްވީ."އަލީ ވަރަށް ދެރަވެފައި މުދައްރިސްގެ ކިބައިން މަޢާފަށް އެދުނެވެ.

"ދެން ކީއްވެތަ، ގެއިން ކުރިން ނައްޓާނުލީ؟" މުދައްރިސް އަަނެއްކާވެސް ކުރެއްވީ ސުވާލެކެވެ.

"ބައްލަވާ މުދައްރިސް! އެވަގުތަކީ ކުރިން ނައްޓާލަން މާ ލަސްވަގުތެކޭ!"

ޖެހިގެން އައި ދުވަހުވެސް އަލީ އަށް ސްކޫލަށް ދެވުނީ ގަޑިޖެހުނުފަހުންނެވެ. މިއަދުވެސް އަލީ ގޮސް ކުލާހަށް ވަނުމާއެކު، މުދައްރިސް ސުވާލުކުރެއްވިއެވެ. "ބަލަ އަލީ މިއަދުވެސް ތިޔަ ގަޑިޖެހުނީނު؟ ކީއްވެތަ މިއަދުގަޑިޖެހުނީ؟"

"ސްކޫލަށް އަންނަން ދަތް އުނގުޅުމަށް ބުރުހުގައި ބޭސްޖަހަން އުޅެނިކޮށް ބޭސްއުރައަށް މާބާރަށް ފިތުނީމަ މާގިނަ ބޭސްތައް ނުކުތީ. އެހެންވެ އެބޭސްތައް އަނބުރާ ބޭސްއުރައަށް ލައްވަން އުޅެން ހަދައިގެން ގަޑިޖެހުނީ.. އެކަމަށް މުޅި އެއްގަޑިއިރު ހޭދަވި ވިއްޔާ!" އަލީގެ ވާހަކަ އަޑުއިވުމުން ހުނުމުގެ އަޑުން މުޅި ކުލާސް ގުގުމައިގެން ދިޔައެވެ.