14 Dec 10

ފޯރިގަދަމެޗަކަށްފަހު ކޭއެފްސީ މެޗް ކާމިޔާބުކޮށް މުބާރާތުގެ ފުރަތަމަ ސެމީގެ ޖާގަހޯދައިފި

Print Email
Written by އަތުކުރި

ކޭއެފްސީ އާއި ކޭއެފްސީ ކޮޑަކަހަނޑާ މިއަދު ބައްދަލުކުރި މެޗްގެ ތެރެއިން / ޕޮޓޯ: ހެކްމޭން

ކޮނޑޭ ކިއްސަރު ޖަމުއިއްޔާގެ ފަރާތުން ސްނިކާރސް ކިއްސަރު ޔޫތުކަޕް ފުޓްބޯޅަމުބާރާތުގެ ނަމުގައި މިއަހަރުގެ ޑިސެމްބަރ 12 އިން 22 އަށް ކުރިއަށްދާ ފުޓްބޯޅަ މުބާރާތުގެ 03 ވަނަ މެޗްގައި މިއަދު ބައްދަލަކުރި ކޭއެފްސީ އާއި ކޭއެފްސީ ކޮޑަކަހަނޑާ ޓީމެވެ. މިމެޗް 1 ލަނޑު ސުންލަނޑުން ކޭއެފްސީ ކާމިޔާބުކޮށް މުބާރާތުގެ ފުރަތަމަ ސެމީފައިނަލް ކަށަވަރުކޮށްފައިވެއެވެ.

ފުރަތަމަ ހާފްގައި ދެޓީމުގެ ކުޅުންތެރިންގެ ފަރާތުން ވަރަށް ރީތިކުޅުމެއް ފެނިގެންދިޔައެވެ. ފުރަތަމަ ހާފްގައި ލަނޑެއް ނުޖެހި ސުމެއް ސުމަކުން އެއްވަރުވީ ނަމަވެސް، ދެވަނަ ހާފުގައި ކޭއެފްސީގެ ނާހިދު ހުސެއިން ޖެހިލަނޑާއެކު މެޗް ނިމިގެން ގޮސްފައިވަނީ ކޭއެފްސީ ކޮޅަށް ނަތީޖާބުރަވެގެންނެވެ. މެޗްގެ މޮޅުކުޅުންތެރިޔާއަށް ހޮވިފައިވަނީ މެޗްގައި ހަމައެކަނި ލަނޑުޖެހި ނާހިދު ހުސެއިނެވެ.

ދެގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ މުބާރާތުގައި ގްރޫޕް އޭ އިން އެއްވަނަ ހޯދައިގެން ސެމީފައިނަލް ކަށަވަރު ކޮށްފައިވާ ކޭއެފްސީ އަކީ ކޮނޑޭގެ ނިސްބަތުން މޮޅެތިކުޅުންތެރިން ހިމެނޭ ޓީމެކެވެ. ކޭއެފްސީގެ އިތުރުން އޭ ގްރޫޕްގައި ހިމެނެނީ ކޭއެފްސީ ކޮޑަކަހަނޑާ އާއި ކޭއެފްސީ ފަޅާނަމަގާ ޓީމެވެ. ބީގްރޫޕްގައި ހިމެނެނީ ގެމަނަފުށިން މިމުބާރާތުގައި ބައިވެރިވި ހަމައެކަނި ޓީމުކަމުގައިވާ އެފްސީ 32 ބޯއީސް އާއި ކޭއެފްސީ ބަފާނާ ޓީމެވެ.

މާދަމާގެ މެޗުން ކޭއެފްސީ ބަފާނާ ބަލިވިޔަސް އެޓީމް ސެމީއަށް ދާނެއެވެ. އެއީ ބީ ގްރޫޕްގައި އޮތީ އެދެޓީމްކަމަށްވުމާއި އެކު ކޮންމެ ގްރޫޕަކުންވެސް 2 ޓީމު ސެމީއަށްދާނެތީއެވެ. ނަމަވެސް ޑިސެމްބަރ 16 ވަނަ ދުވަހު އޭ ގްރޫޕްގެ ފަހުމެޗުން ބަލިވާ ޓީމަކަމަށް ސެމީގެ ފުރުޞަތު ގެއްލިގެންދާނެއެވެ.

ކޮނޑޭގައި ކޮންމެ ދެއަހަރަކުން އެއްއަހަރު ބޭއްވުމަށް ހަމަޖެހުނު ފުޓްބޯޅަ މުބާރާތަކީ އެރަށުގައި ހަރަކާތްތެރިވާ 02 ޖަޢުއިއްޔާގެ ތެރެއިން "ކިއްސަރު" ޖަމުއިއްޔާގެ ފަރާތުން 2004 ވަނައަހަރުން ފެށިގެން ޤަވާއިދުން ބާއްވަމުން އަންނަ މުބާރާތެކެވެ. އަތޮޅުތަކުގައި ބާއްވާ މިފަދަ ކުޅިވަރު މުބާރާތްތަކުގެ ސަބަބުން މޮޅެތިކުޅުންތެރިން އުފެދިގެންދިއުމަކީ ވަރަށް އުފާވެރި ހަބަރެކެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ކޮނޑޭގައި ކުރިއަށްދާ ފުޓްބޯޅަ މުބާރާތުގެ މެޗްތައް ބަލާލުމަށް ކޮނޑޭކާރީގައި އޮންނަ ރިސޯޓަކުން ފަތުރުވެރިންވެސް އަންނަމުންދާކަމަށްވެއެވެ. މީގެއިތުރުން ގެމަނަފުއްޓާއި ކުރީގެ ދިޔަދޫގެ ރައްޔިތުންވެސް މިމުބާރާތުގެ މެޗްތައް ބެލުމަށްޓަކައި އަންނަމުންދާކަމަށްވެއެވެ.

މާދަމާވެސް މިމުބާރާތުގެ މެޗެއް ކުޅޭގޮތަށް ހަމަޖެހިފައިވެއެވެ. މާދަމާކުޅޭނީ ބީ ގްރޫޕްގެ ފަހުމެޗެވެ. މެޗްގައި ބައްދަލުކުރާނީ ގެމަނަފުށީ އެފްސީ 32 ބޯއީސް އާއި ކޭއެފްސީ ބަފާނާ ޓީމެވެ. މިދެޓީމުގެ މެޗެއް އިއްޔެވެސް ކުޅެފައިވެއެވެ. އެމެޗުން ތަފާތުބޮޑުކޮށް ކާމިޔާބުކޮށްފައިވަނީ އެފްސީ 32 ބޯއިޒް އެވެ. މުބާރާތުގެ އިންތިޒާމް ހަމަޖެހިފައިވާގޮތުން ދުވާލަކު ކުޅެންޖެހެނީ އެންމެ މެޗެކެވެ.

 

މިލިޔުމާއިގުޅޭ ފޮޓޯތައް

{igallery 51}