21 Dec 10

32 ބޯއިޒްއިން ޖެހި 2ވަނަ ލަނޑު ކެންސަލްކޮށް އަލުން 10 މިނެޓްގެ ދެވަނަ ހާފް މިއަދު ކުޅޭގޮތަށް ނިންމާފި

Print Email
Written by Bolhey

ސްނިކާސް ކިއްސަރު ޔޫތުކަޕް

b_500_0_16777215_00_http___image.gemanafushi.com_di-412928789416.jpg

20 ޑިސެމްބަރ 2010ގައި ކުޅެވުނު ސެމީފައިނަލްގެ 2 ވަނަ މެޗްގައި ބައްދަލުކުރީ ގެމަނަފުށީ އެފްސީ 32 ބޯއީޒާއި ކޮނޑޭ ކޭއެފްސީ ކޮޑަކަހަނޑާއެވެ. މިމެޗްގެ ފުރަތަމަ 2 ހާފް ނިމުނުއިރު ދެޓީމުންވެސް 1ލަނޑު 1ލަނޑުން އެއްވަރުވެފައިވާތީ ދެން ކުޅުނީ ސިލްވާރ ގޯލް ނުވަތަ 10 މިނެޓްގެ 2 ހާފެވެ. 10 މިނެޓްގެ 2 ވަނަ ހާފް ގައި ގެމަނަފުށީ އެފްސީ 32 ބޯއިޒްއިން ވަނީ 2 ވަނަ ގޯލެއް ޖަހާފައެވެ. އެހެންނަމަވެސް އެހާފް ނިމެން 3 މިނެޓަށްވެފައިވަނިކޮށް ދަނޑުބޭރުގައި ހިނގި ހަމަނުޖެހުމަކާހެދި އެމެޗްވަނީ ހުއްޓާލާފައެވެ.

މިކަމާއިގުޅިގެން މިމުބާރާތުގެ ހިންގާކޮމެޓީގެ ބައްދަލުވުމެއް އިއްޔެވަނީ ބާއްވާފައެވެ. މިބައްދަލުވުމުން ނެރުނު ގަރާރުގައި ބުނެފައިވަނީ ގެމަނަފުށީ އެފްސީ 32 ބޯއިޒްއިން ޖަހާފައިވާ 2ވަނަގޯލް ކެންސަލްކޮށް 10 މިނެޓްގެ ފަހު ހާފް މިއަދު 4:00 ގައި ކޮނޑޭ ރަސްމީ ދަނޑުގައި އަލުން ކުޅޭގޮތަށެވެ. އަދި އަލުން ކުޅެވޭ މި މެޗަށް އެއްވެސް ބެލުންތެރިއަކަށް ނުވަދެވޭނެކަމަށެވެ.