23 Dec 10

ސްނިކާރސް ކިއްސަރު ޔޫތުކަޕް 2010ގެ ޗެމްޕިއަންކަން ކޭއެފްސީ ހޯދައިފި

Print Email
Written by އަތުކުރި

ކަނޑައެޅިފައިވާ ތާރީޙަށް ވުރެ އެއްދުވަސް ފަހުން ކުޅުނު ފައިނަލް މެޗްގައި މިއަދު ބައްދަލުކުރީ ގްރޫޕް އޭގެ އެއްވަނަ ޓީމުކަމުގައިވާ ކޭއެފްސީ އާއި އެގްރޫޕްގެ 02 ވަނަ ޓީމުކަމުގައިވާ ކޭއެފްސީ ކޮޑަކަހަނޑާއެވެ. މިމެޗުން ކޭއެފްސީ 3 ލަނޑު ސުންލަނޑުން މޮޅުވެ، މުބާރާތުގެ ޗެމްޕިއަންކަން ވަނީ ހޯދާފައެވެ.

ކޭއެފްސީ ކޮޑަކަހަނޑާ ޓީމު ފައިނަލަށް ގޮސްފައިވަނީ، ސެމީފައިނަލްގެ 02 ވަނަ މެޗްގައި ގެމަނަފުށީ އެފްސީ 32 ބޯއީސް އާއި ކޭއެފްސީ ކޮޑަކަހަނޑާ ޓީމު، މިމަހުގެ 19 ވަނަ ދުވަހު ކުޅެމުން ދިޔަ މެޗްގެ ބޭރުން ގެމަނަފުށީ މީހެއްގެ ގައިގާ މާރާމާރީ ހިންގުމާއި ގުޅިގެން، ގެމަނަފުށީ ޓީމު 02 ލަނޑުން މޮޅުވެފައިވަނިކޮށް، މެޗް ހުއްޓާލުމާއި ގުޅިގެން، އެމެޗްގެ ފަހު 10 މިނެޓް އަލުން ކުޅެން ހަމަޖެއްސައި އެޓީމު 2500 ރުފިޔާއިން ޖޫރިމަނާކޮށް، އެޓީމު ފަހުންޖެހިގޯލް ކެންސަލްކޮށް ސަޕޯޓަރުންނާއި ނުލައި މެޗްކުޅެން ބޭނުންނުވުމުން، އެޖާގަ ކޮޑަކަހަނޑާ ޓީމަށް ދިނުމުންނެވެ.

މިއަދު ކުޅެވުނު ފައިނަލް މެޗްގެ މޭންއޮފްދަ މެޗަށް ހޮވުނީ މުބާރާތުގެ އެންމެ މޮޅުކުޅުންތެރިޔާގެ މަޤާމާއި އެންމެ ގިނަގޯލް ޖެހިކުޅުންތެރިޔާ މަޤާމަށް ހޮވުނު ނާހިދެވެ. އޭނާވަނީ ފައިނަލް މެޗްގައި ޖެހިލަނޑާއި އެކު ސްނިކާރސް ކިއްސަރު ޔޫތުކަޕް 2010 ވަނައަހަރުގައި މުޅިއެކު 04 ލަނޑުޖަހާފައެވެ.

ކޭއެފްސީން ދެވަނަ ހާފްފެށިގެން ވަނީ އިތުރު 02 ލަނޑު ކާމިޔާބުކޮށްފައެވެ. އެލަނޑުތައް ޖަހާފައިވަނީ އެޓީމުގެ އާލިމާއި ޝާނެވެ. އެންމެ މޮޅު ކީޕަރަކަށް ހޮވުނީ ޝިނާޒެވެ. މުބާރާތުގެ ފެއަރޕްލޭ ޓީމަކަށް ހޮވިފައިވަނީ ފައިނަލްމެޗްގައި ބަލިވި ކޭއެފްސީ ކޮޑަކަހަނޑާ ޓީމެވެ.

މިމުބާރާތުގެ 03 ވަނަ ހޮވާމެޗް ކުޅެފައިނުވާއިރު، މިއަދުކުޅެވުނު ފައިނަލް މެޗް ކުޅެން ކުތިން ހަމަޖެހިފައިވަނީ 22 ޑިސެމްބަރ 2010ގައެވެ. ނަމަވެސް ކިއްސަރުންވަނީ ފައިނަލް މިއަދަށް މެޗްލަސްކޮށްފައެވެ.

މިމުބާރާތަކީ ކިއްސަރު ޖަމުއިއްޔާއިން ކޮންމެ ދެއަހަރަކުން އެއްއަހަރަކު ބާއްވަމުންގެންދާ ފުޓްބޯޅަ މުބާރާތެކެވެ. މިމުބާރާތް ދެން އޮންނާނީ 2012 ވަނައަހަރުގައެވެ.

ކިއްސަރަކީ ކޮނޑޭގައި ތަފާތު އިޖްތިމާޢީ ހަރަކާތް ހިންގަމުންދާ ވަރަށް ހަރަކާތްތެރި ޖަމުއިއްޔާއެކެވެ. އެޖަމުއިއްޔާގެ ފަރާތުން ނިމިގެން ދިޔަ ރަމަޟާންމަހު ކުޑަކުދިންގެ ޤުރުއާން މުބާރާތެއްވެސް ބާއްވާފައިވެއެވެ.