ކަނޑައެޅިފައިވާ ތާރީޙަށް ވުރެ އެއްދުވަސް ފަހުން ކުޅުނު ފައިނަލް މެޗްގައި މިއަދު ބައްދަލުކުރީ ގްރޫޕް އޭގެ އެއްވަނަ ޓީމުކަމުގައިވާ ކޭއެފްސީ އާއި އެގްރޫޕްގެ 02 ވަނަ ޓީމުކަމުގައިވާ ކޭއެފްސީ ކޮޑަކަހަނޑާއެވެ. މިމެޗުން ކޭއެފްސީ 3 ލަނޑު ސުންލަނޑުން މޮޅުވެ، މުބާރާތުގެ ޗެމްޕިއަންކަން ވަނީ ހޯދާފައެވެ.
ގެމަނަފުށީ އެފްސީ 32 ބޯއީސް ދަނޑަށް ހާޒިރުނުވުމުން، ފައިނަލުގެ ފަހުޖާގަ ކޭއެފްސީ ކޮޑަކަހަނޑާއަށް
ސްނިކާރސް ކިއްސަރު ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލްގެ ދެވަނަމެޗްގައި ގެމަނަފުށީ އެފްސީ 32 ބޯއީޒާއި ކޭއެފްސީ ކޮޑަކަހަނޑާ މިމަހުގެ 19 ވީ އާދީއްތަ ދުވަހު ކުޅުނު މެޗުގެ ބޭރުން ހިނގާދިޔަ ހަމަނުޖެހުމަކާއި ގުޅިގެން ހުއްޓާލިމެޗުގެ ފަހުހާފުގެ ކުޅުން މިއަދު ކުޅެން ހަމަޖެހިފައިވަނިކޮށް ގެމަނަފުށީ އެފްސީ 32 މިއަދުގެ މެޗަށް ހާޒިރުނުވިކަމަށް ކަނޑަޅައި އެދުވަހު ގެމަނަފުށީ އެފްސީ 32 ބޯއީސް އާއި ދެކޮޅަށް ނުކުތް ކޭއެފްސީކޮޑަކަހަނޑާ އަށް ފައިނަލްގެ ފަހުޖާގަ ދީފިއެވެ.
32 ބޯއިޒްއިން ޖެހި 2ވަނަ ލަނޑު ކެންސަލްކޮށް އަލުން 10 މިނެޓްގެ ދެވަނަ ހާފް މިއަދު ކުޅޭގޮތަށް ނިންމާފި
ސްނިކާސް ކިއްސަރު ޔޫތުކަޕް
20 ޑިސެމްބަރ 2010ގައި ކުޅެވުނު ސެމީފައިނަލްގެ 2 ވަނަ މެޗްގައި ބައްދަލުކުރީ ގެމަނަފުށީ އެފްސީ 32 ބޯއީޒާއި ކޮނޑޭ ކޭއެފްސީ ކޮޑަކަހަނޑާއެވެ. މިމެޗްގެ ފުރަތަމަ 2 ހާފް ނިމުނުއިރު ދެޓީމުންވެސް 1ލަނޑު 1ލަނޑުން އެއްވަރުވެފައިވާތީ ދެން ކުޅުނީ ސިލްވާރ ގޯލް ނުވަތަ 10 މިނެޓްގެ 2 ހާފެވެ. 10 މިނެޓްގެ 2 ވަނަ ހާފް ގައި ގެމަނަފުށީ އެފްސީ 32 ބޯއިޒްއިން ވަނީ 2 ވަނަ ގޯލެއް ޖަހާފައެވެ. އެހެންނަމަވެސް އެހާފް ނިމެން 3 މިނެޓަށްވެފައިވަނިކޮށް ދަނޑުބޭރުގައި ހިނގި ހަމަނުޖެހުމަކާހެދި އެމެޗްވަނީ ހުއްޓާލާފައެވެ.
މުބާރާތުގެ އެއްވެސް މެޗަކުން ބަލިނުވެ، ސްނިކާރސް ކިއްސަރު ފުޓްބޯޅަ މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ކޭއެފްސީ ހޯދައިފި
ސްނިކާރސް ކިއްސަރު ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލްގެ ފުރަތަމަ މެޗް މިއަދު ކުޅެފިއެވެ. އެއްދުވަހުގެ މެދުކެނޑުމަކަށްފަހު މިމުބާރާތުގެ ސެމީފައިނަލްގައި މިއަދު ބައްދަލުކޮށްފައިވަނީ ކޭއެފްސީ ބަފާނާ އާއި ކޭއެފްސީ އެވެ. ފުރަތަމަ ހާފްގައި ޖެހި 02 ލަނޑާއި އެކު ފައިނަލްގެ ޖާގަ ކަށަވަރު ކުރިމެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ މެޗްގައި މޮޅަށް ކުޅެ 02 ލަނޑު ކާމިޔާބުކޮށްފައިވާ ކޭއެފްސީގެ ކެޕްޓަން އަހްމަދު ޝާހެވެ. މިމެޗްގެ ދެވަނަ ހާފްގައި އެއްވެސް ޓީމަކަށް އިތުރަށް ލަނޑެއްނުޖެހި މެޗްނިމިގެން ގޮސްފައިވަނީ 2 ލަނޑު ސުން ލަނޑުން ކޭއެފްސީ މޮޅުވެގެންނެވެ.
އެއްވެސް މެޗަކުން ޕޮއިންޓެއް ނުލިބި ކޭއެފްސީ ފަޅާނަމަގާ މުބާރާތް ނިންމާލައިފި
ސްނިކާރސް ކިއްސަރު ޔޫތުކަޕް ފުޓްބޯޅަމުބާރާތުގެ ގްރޫޕް ސްޓޭޖްގެ ކުޅުން މިއަދު ނިންމާލައިފިއެވެ. އެގޮތުން އޭގްރޫޕްގެ ފަހު މެޗްގައި މިއަދު ބައްދަލުކޮށްފައިވަނީ ކޭއެފްސީ ކޮޑަކަހަނޑާ އާއި ކޭއެފްސީ ފަޅާނަމަގާ ޓީމެވެ.
ފޯރިގަދަމެޗަކަށްފަހު ކޭއެފްސީ މެޗް ކާމިޔާބުކޮށް މުބާރާތުގެ ފުރަތަމަ ސެމީގެ ޖާގަހޯދައިފި
ކޮނޑޭ ކިއްސަރު ޖަމުއިއްޔާގެ ފަރާތުން ސްނިކާރސް ކިއްސަރު ޔޫތުކަޕް ފުޓްބޯޅަމުބާރާތުގެ ނަމުގައި މިއަހަރުގެ ޑިސެމްބަރ 12 އިން 22 އަށް ކުރިއަށްދާ ފުޓްބޯޅަ މުބާރާތުގެ 03 ވަނަ މެޗްގައި މިއަދު ބައްދަލަކުރި ކޭއެފްސީ އާއި ކޭއެފްސީ ކޮޑަކަހަނޑާ ޓީމެވެ. މިމެޗް 1 ލަނޑު ސުންލަނޑުން ކޭއެފްސީ ކާމިޔާބުކޮށް މުބާރާތުގެ ފުރަތަމަ ސެމީފައިނަލް ކަށަވަރުކޮށްފައިވެއެވެ.
Page 1 of 6





