13 Aug 11

ޔާޝް

Print Email
Written by G ONE

b_500_0_16777215_00___images_yaash_wep.jpg

އޮގަސްޓް 10 އާ ގުޅޭ

 ގޮތް ހުސްވެފައިވާ ޔާޝް ސައިކަލް ކޮންޓްރޯލް ކުރަން ބްރެކި ޖެއްސުމާއެކު ފުރޮޅުކަހާލައިގެން އަރިޔަކަށް ސައިކަލް ދާން ފަށައިފިއެވެ. ހަޔާތުގެ ފަހު ސިކުންތުކޮޅު ގުނަމުންދަނީއޭ ހިތަށް އަރާކަހަލައެވެ.

ނަމަވެސް ހުރަސްކުރަން ދުއްވަމުން އަސައިކަލް ޔާޝްގެ ސައިކަލުން ނެއްޓިގެން ކުރިޔަށް ދާންފެށުމުން އެނބުރިބަލާލެވުނީ އެދިމާލަށެވެ. ޔާޝް އިން ސައިކަލްފަހަތް ދަފަތުގައި ޖެހި ނުޖެހޭ ވަރަށް ކައިރިން ނެއްޓިގެން ދިޔަ މި ސައިކަލް ޔާޝްގެ ފަހަތުން ދުއްވަމުން އައި ކާރެއްގައި ޖެހި ފުނޑުފުނޑު ވި މަންޒަރު ޔާޝް އާ ނީޒާއަށް ވަރަށް ރަނގަޅަށް ފެންނާނެއެވެ.

ސަލާމަތަކަށް އެދި އެދި ތިބި ދެމެފިރިން ކުއްލިއަކަށް އެނބުރި އައި ކޮޅަށް ވިއްސައިގެން ދިޔައީ ކޮންޓްރޯލް ނުކުރެވިގެން މަޖީދީމަގުން އާޓްފިޝަލް ބީޗާ ވީކޮޅަށް ދުއްވަމުން އައި ކާރުގައި ޖެހުމުންނެވެ.

ކާރަށް ކޮންޓްރޯލް ކުރެވުނީވެސް އަދި ކިރިޔާ އެވެ. މަގުމަތީގައި ހިނގާ ބިނގާވެ އުޅޭމީހުންނާއި ދުއްވަމުންދާ އުޅަނދު ހުއްޓި ފައި ތބިއިރު އެންމެންގެ ނަޒަރު ހުއްޓިފައި ހުރީ އެއް ދިމާލަކަށެވެ. މަންޒަރު ދުއްމީހުންވެސް ތިބީ ޝޮކުގައެވެ. ވާނުވާ ނޭގިފައެވެ. ހަދާނެގޮތް ހުސްވެފައެވެ.

ނަމަވެސް އެމީހުން ހޭވެރިކަންވީ އެތަނުން މީހަކު ދުވެފައިގޮސް އެކްސިޑެންޓްވެ ސައިކަލް ދަށުގައި އޮތް މީހާ ސަލާމަތްކުރަން މަސައްކަތް ކުރާތަން ފެނުމުންނެވެ. ދެން ހީވީ ސަރަހައްދު ގުގުމައިގެން ދިޔަހެންނެވެ. ވަގުތު ކޮޅަކަށް އަޑު ހުއްޓިފައި އޮތް މާހައުލް ރުއިމުގެ އަޑާ ހަޅޭކުގެ އަޑަށް ބަދަލްވެގެން ދިޔައީ ކުޑަ ސިކުންތުކޮޅެއްތެރޭގައެވެ.

އޭރު، ބިންމަތީގައި ޙަބަރު ހުސްވެފައިވާ ޔާޝް ދެމެފިރިންގެ އިތުރުން ފުރަތަމަ އެކްސިޑެންޓްވި ޒުވާނާވެސް އޮތެވެ. ފެންނަ ފެނުމަން ޔަގީންވަނީ އެޒުވާނާގެ ބޯ ކާރުގެ ފުރޮޅުދަށަށް ވަދެ ޗަސްވެފައިވާކެމެވެ. ނަމަވެސް އެކްސިޑެންޓްވީ ތިންމީހުންގެ ފަރާތުން ވެސް ދިރިހުރިކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ. ތިންމީހުން ވެސް ވަނީ ހަބަރުހުސްވެފައެވެ.

ނަމަވެސް ލަސްތަކެއްނުވެ އެ ތިން މީހުން އަތްމައްޗަށް ލައިގެން ވަރަށް ހުށިޔާރުކަމާއެކު އޭޑީކޭގެ އެމެޖެންސީ ރޫމާ ހަމަޔަށް ގެންދިޔައެވެ. ވަގުތުން ވަގުތަށް ޑޮކްޓަރުން ހަރަކާތްތެރިވާންފެށިއެވެ. ޑޮކްޓަރުން މަސައްކަތްކުރަމުން ދަނީ އެމީހުންގެ ފްރާނަސަލާމަތް ކުރެވޭތޯއެވެ.

ނަމަވެސް ކުރާނެކަމެއް ނެތެވެ. މިކޮޅަށް ގެނެވުނު އިރު މަރެއް ނުވޭ. ނަމަވެސް ވެފައިހުރި އަނިޔާގެ ބޮޑުކަމުން ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެ. ޔާޝްގެ ދެމެފިރިން ގެ އިތުރުން އެކްސިޑެންޓްވީ ޒުވާނާ ބެއްލެވި ޑޮކްޓަރ ވިދާޅުވިއެވެ.

އެވަގުތު ކޮންމެވެސް ގޮތަކުން އެނގިގެން ނީޒާއާއި ޔާޝްގެ ދެފަރާތު އާއިލާގެ ގިނަ އަދަދެއްގެ މެންބަރުން އެމެޖެންސީ ރޫމްގެ ދޮރުމަރީގައި އައިސް ހުއްޓުނެވެ. އެމީހުން އޭޑީކޭއަށް އައިމަގުމަތީގައި އެކްސިޑެންޓްވެފައި އޮތް ޔާޝް ދުއްވާ ސައިކަލް ފެނިފައި، އޭޑީކޭގެ އެމެޖެންސީ ރޫމްގައި ކޮންމެހާލެއްގައި ތިއްބަސް އެ ދެމީހުން ތިބޭނެކަމާމެދު އާއިލާއިން ޔަގީންކުރެއެވެ. އެހެންނަމަވެސް އަދިވެސް ޑޮކްޓަރުންނަކަށް ޔާޝް އާއި ނީޒާގެ މަރު ކަށަވަރު ކުރެވޭ ވަރެއް ނުވެއެވެ.

ބޭރުން މާބޮޑު ޒަޙަމްތަކެއް ފެންނަން ނެތް ކަމުގައިވިޔަސް އެތެރެއިން ލިބިފައިވަނީ ކިހާގެއްލުމެއް ކަމެއް އަންދާޒާ ކުރެވޭކަށް ނެތެވެ. ނަމަވެސް ނީޒާގެ ކަކުލު ހުޅުން ކޮންމެވެސް ވަރަކަށް މަށައިގެން ގޮސްފައިވާކަން ފާހަގަކުރެވެއެވެ.

ޑޮކްޓަރުން މެދު ނުކެނޑި ފަރުވާ ދެމުން ދަނިކޮށް، ކުއްލިއަކަށް ފުން ނޭވާއެއްލައިފައި... 

ނުނިމޭ...