![]()
މި ވާހަކަޔަކީ ހަފްތާއަކު ދެދުވަހު ގެމަނަފުށި ޑޮޓް ކޮމްގައި ޝާއިއު ކުރެވޭ ސިލްސިލާ ވާހަކައެކެވެ.
ޔާޝް އާއި ނީޒާ މިއަދުވެސް އާދައިގެ މަތިން ސައިކަލުގައި ފިނިބުރެއް ޖަހާލުމަށްޓަކާ ބޮޑުތަކުރުފާން މަގުން މަޑުމަޑު ދުވެއްޔެއްގައި ދުއްވަމުން ދަނީއެވެ. ޔާޝް އަބަދުވެސް މަސައްކަތް ކުރަނީ ނީޒާ ހިންހަމަ ޖައްސައިފައި ބެހެއްޓޭތޯއެވެ.
ޔާޝް ނީޒާއާ ކައިވެނި ކުރީ ދެމީހުން ދެމީހުންވެސް އެކަކު އަނެކަކުދެކެ އިންތިހާއަށް ލޯބިވެގެންނެވެ. ކައިވެނީ އާކޮޅުކަމުން އެކަކުއަނެކަކަށް ވަރަށް ސަމާސާކޮށް ހަދައެވެ. ޔާޝް އަކީ ނީޒާ ދެރަވާގޮތަށް ދުވަހުކުވެސް ޗްޕް އޭވެސް ބުނާމީހެއް ނޫނެވެ. ހަމައެހާވެސް ލޯބި ވެއެވެ.
ޔާސްގެ ފަރާތުން ނީޒާއަށް ލިބޭ ލޯތްބާ އޯގާތެރިކަމަކީ ޙުދު ނީޒާއައްވެސް ގަބޫލްކުރެވޭކަމެކެވެ. ދުވަހުގެ ބުރު ނިމްމާލަމުން އެނބުރި ގެޔާ ދިމާލަށް ދިއުމަށް ޔާޝް ދަތުރުފެށީ ނުހަނު ހިންހަމަ ޖެހި ހުރެއެވެ.
އާޓްފިޝަލް ބީޗް ކައިރިން މަޖީދީމަގަށް އަޅައިގެން މަގު ހުރިގޮތަށް ދުއްވަމުން ދިޔަ ޔާޝް ކުއްލިއަކަށް އޭނޭގެ ލޯބިވެރިޔާ ނީޒާގެ އަތުގައި ހިފައި އޭނާ ސިއްސުވާލިއެވެ.
"ހޫން ދެން ޔާޝް"... ނީޒާއަށް ބިރުންގޮސް ކުރިއަށްވުރެ ބާރަށް ޔާޝްގެ ގައިގައި ބައްދާލެވުނެވެ. ކިހިނެއްތިވީ؟ ސަމާސާ ރާގަކަށް ޔާޝް އަހާލިއެވެ. ނޫޅެން.. ހުރޭ ރަނގަޅަށް ސިއްސުވާލާނަމޭ ނީޒާވެސް ޔާސްގެ ބަނޑުގައި ކޮއްޓާލަމުން ބުނެލިއެވެ.
މަޖީދީމަގާ ސޯސަންމަގު ގުޅުނު ހަތަރު އަގޯޅީގައި އިން ޓްރެފިކް ލައިޓް އިނީ ފެހިވެފައެވެ. ޔާޝް ދުވެލި ބާރު ކޮއްލީ އެ ލައިޓް ނިވުމުގެ ކުރިން މަގު ހުރަސް ކުރުމަށެވެ.
ފަސްދޮޅޮސް ކިލޯމީޓަރަށްވުރެ ބާރު މިނެއްގައި ދުއްވާފައި ސޯސަން މަގަށް ނުކުމެވެމެވެނީސް ކުއްލިއަކަށް ޔާޝް އަށް ފެނުނީ ސޯސަންމަގު ހުރަސް ކުރުމަށް ވަރަށް ބާރަށް ދުއްވަމުން އަންނަ ސައިކަލެކެވެ.
ނަމަވެސް ދުއްވަމުން މިދާ ސްޕީޑުގައި ދާކަމަށް ވާނަމަ އެސައިކަލަށް މަޑު ނުކުރެވިއްޖެނަމަ ޔާޝް އިން ސައިކަލުގައި އެސައިކަލް ޖެހޭނެ ކަމާ މެދު ޔާޝް އެއްވެސް ޝައްކެއް ނުކުރެއެވެ. ފަހަތުގަ އިން ނީޒާ އަޑުގަ ނެތްތަނަށް ހަޅޭއްލަވައިގެންފައި ޔާޝްގެ ގައިގައި އިހުނަށްވުރެ ބާރަށް ބައްދާލީ މަރުގެ ތުންފަތްމައްޗަށް އެރުނީކަމަށް ހިތަށް އެރިލެއް ބޮޑުކަމުންނެވެ.
ނުނިމޭ...





