02 Dec 10

29 އޮކްޓޯބަރ އިން 30 އޮކްޓޯބަރ 2010 އަށް- ގެމަނަފުށި ކަޅުވިލާގަނޑެއްގެ ދަށުގައި.

Print Email
Written by އިސްކަންދަރިއްޔާ

އެކްޓޫބަރ 29، 2010 ގައި އިލްހާމާއި ޑީއާރުޕީގެ ޕާޓޭންގެ ލަޝްކަރު ގެމަނަފުއްޓަށް އައިސް ދިން އުދުވާނީ ހަމަލާ ފެށުމުގެ ކުޑަ ތަންކޮޅެއް ކުރިން ނަގާފައިވާ ފޮޓޯއެއް. ފޮޓޯ: އަޖުނަބީ

ދެވަނަބައި

އަސްތާވާކަށްނެތެވެ. މިކުރެވުނީ މިމީހުންމާ ހިތައްދަތިވެ، ލޭހޫނުވި ކަމެކެވެ. ހަޖަމުގެ ނިޒާމު ހަލާކުވެ، ގޮހޮރު ބުރިކޮށްފަ ތިބިބަޔަކަށް ފަތް ކާންދިނުމުން އެތަކެތި ހަޖަމުނުވެ ބަޑުހިގެން ތެޅޭހެން އެމީހުން ހޫރިގަތެވެ. ޕިކަޕުތެރެއަށް ގާއުކައި، ޒުވާނުންނަށް ހަމަލާދީ، އަޑުގަދަ ކުރާތަކެތި އަތުލުމަށް އައިސް އަރައިގަތެވެ. ރައްޔިތުންގެ ކުރިމަތީގައި މަމާ ރަގަޅުކަމަށް ހެދިގެން ތިބި އެތަކެއް ޚާއިނެއް، ލައިގެން ތިބި ހެދުން ބާލައި އޮރިޔާންވިއެވެ. ނަމަވެސް އެމީހުނަށް އެކަމެއް ކާމިޔާބެއް ނުވިއެވެ. ޒުބާނުންގެ އަދަދު މަދުކަމުގައިވިއަސް އެމީހުން ފައްސާ ނަގާލީ ކުޅަދުރު ހަތައަކަށް އޮށް ގާ ކޮޅެއް އެއްލާލުމުން ވިއްސި ވިހާލި ވެގެންދާހެންނެވެ.  މިކަމުގައި ލިބުނު މާސްޔޫސްކަމާއި ހިތްދަތިކަމުން އަނެއްކާވެސް އަތޮޅުތެރެއިން ކުއްވެރިން ގެނައުމަށް މަސައްކަތް ފެށިއެވެ. އަދި ވައްކަމާއި ކަރަޕްޝަނާއި ޚިޔާނާތުން ތަމްރީނުކޮށްފައިވާ އެމީހުންގެ ހަށި ފާރަވެރިންނަށް ގޮވަންފެށިއެވެ. އަދި 30 އަހަރު ވަންދެން ގައުމަށް ހަރާންކޯރުވުމުގައި މައުމޫނަށް އެހީތެރިވި ލަޝްކަރައްވެސް އޯޑަރު ދިނެވެ.

 

ރަށުގެ މުސްތަގުބަލު ހަލާކުކުރުމުގެ ހުންގާނުގައި ހުރި އޯކިޑުމާގެ އިލްހާމު އޭނާގެ އަރިސް ދެތިން ކުދިބޭކަލުންނާއެކު ރަށަށް ނޭރި ކަނޑުމަތީގައި އޮތެވެ. ދުވަހަކީ ފުދޭވަރަކަށް ވައި ޖެހެމުންދިޔަ ދުވަހަކަށްވުމުން ރަށުގެ ކުރިމަތީގައި ލޯންޗު މަޑުކޮށްގެން އޮވެވޭ ގޮތެއް ނުވިއެވެ. އެހެންކަމުން ލަޝްކަރު އައިސް ރަށުތެރެ އަމާންކޮށް ރައްޔިތުން ހިފާ ހައްޔަރުކުރަންދެން، ކައިރީގައި އޮތް ކަނޑުހުޅުދުވަށް ދިޔައެވެ. އެރަށަށް ލޯންޗު ވައްދަންޗެހުނީ އިލްހާމު ކޮނެދިން ފަޅު ފުންކުރުމުގެ ރަސްމިއްޔާތާއެކުއެވެ. ރަތަށް އަރައިފައި ތިބި ކަނޑު ހުޅުދާގެ ރައްޔިތުން އިލްހާމާއި އޭނައާއިއެކު އުޅޭ ޚާއިނުންގެ ބައިގަނޑަށް މަރުހަބާ ކިޔާފައިވަނީ އޮށްގަލާއި ކަޅުތެޔޮ ކޮތަޅުތަކުންނެވެ. އަދި ރަށަށް އެރުނަނުދޭން ވެގެން ރައްޔިތުން ކުރި މަސައްކަތުން ބައެއްމީހުން ތޮށިގަނޑު މަތިން ކަހާލައި ކަނޑިންމަ ދެރެއަށް ވެއްޓުނުކަމަށްވެސް ވެއެވެ. މައުމޫނާއި އޭނަގެ ސަރުކާރަށް ވަފާތެރި އަދި ދިވެހި ޤައުމާއި ރައްޔިތުންނަށް ހަރާންކޯރު އަދުގެ ސަރުކާރަށް ބޭވަފާތެރި އިޚުލާސްތެރިކަމެއް ނެތް، ފުލުހުންގެ ލަޝްކަރެއް ގެމަނަހުއްޓަށް ގެނައީ އިލްހާމާއި ދޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު (ކަރެއާ)ގެ އޯޑަރަށް ހަރަކާތްތެރި ވުމަށް އަންގާފައެވެ. ނަމަވެސް ޕުލަޓޫނެއްގެ އަދަދާއި ގާތްކުރާއަދަދަކަށް ފުލުހުން އައިކަމުގައިވިއަސް ރައްޔިތުންގެ ތެރެއިން އެތަނަށް ނުކުމެތިބި ހަ ޒުވާނުން ފަހަތަށް ޖެއްސޭނެ ގޮތެއްނުވިއެވެ.

އެހެންކަމުން އަމިއްލަރަށަށް ފޭބުމުގައި ހަށިފާރަވެރިންގެ ގޮތުގައި، ކުށްވެރިން ގެނައެވެ. އައްޑޫ ހުވަދޫގައި ތިބި އެންމެ ބޮޑެތި ކުށްވެރިންނާއެކު ގދ. ގައްދުއިން ފުރައިގެން ގެމަނަފުއްޓަށް އައި ލޯންޗުގެ ފަހަތުން މާވަހަރު އިލްހާމާއި އަރިހު ޚާއިނުން ގެ ލޯޗުވެސް ގެމަނަފުއްޓަށް އައެވެ. އަދި ކުށްވެރިންގެ ހިމާޔަތުގައި ނުހަނު ޖެހިލުންވެތިބެ އަދި އެހާމެ ބިރުންތިބެ ގެމަނަފުށްޓަށް ފޭބިއެވެ. ރަށުގެ ހަލާކުވެފައިވާ ތޮށިގަނޑުގައި ޖެހުމާއެކު، ދަތުރުކުރުމަށް ޚާއްސަ ކުރެވިފައި އޮތް ހައި ސިކިއުރިޓީ އުޅަދެއްގައި ޑީ އާރު ޕީ އޮފީސް ހިގަމުންދާ މަރުކަޒަށް ދިޔައެވެ. ރަށުގައި ހިންގަން އުޅުނު އެއްވެސް ކަމެއް ނުހިންގި ރާޑިވެގެން ދިޔައެވެ. އަދި އަމިއްލަ ނަފުސު ހިމާޔަތް ކުރުން ނޫންކަމެއް އެމީހުނަށް ނުކުރެވުނެވެ. މިކަންވެގެންދިޔައީ ޑީ އާރު ޕީއަށް ލިބުމު ވަރަށްބޮޑު ނާކާމިޔާބަކަށެވެ. އެމީހުނަށް ތަހައްމަލް ކުރަން ދަތިވިކަމަކަށެވެ. އަދި އިލްހާމާއި އޭނަގެ ދިހަބަދަވިންނަށް ލިބުނު ވަރަށްބޮޑު ހުތުރަކަށެވެ. މުޅިމާލޭގައި ތިމަންނަމީ ގެމަނަފުށީގެ ދާދާ ކަމަށް ހެދިގެން ކަނޑަމުންދިޔަ ހުރިހާ ފޮންޏަކާއި، ޓީވީ އަދި ރޭޑިއޯ ޕްރޮގުރާމުތަކަށް އަރައި ހެދިހާ ދޮގުތަށް ބޭޒާރުވެ ލަދުގަންނަން ޖެހުނެވެ. އެހެންކަމުން ގެމަނަފުށީގެ ޒުވާނުން މައިތިކޮށްފަ ނުނީ ރަށުން ފުރުން އެއީ އޭނަގެ ޒަމީރު ގަބޫލު ކުރި ކަމަކަށް ނުވިއެވެ. އަވަހަށް ބޭބެ ޝިޔާމާއި، ޑީ އާރު ޕީގެ ގެމަނަފުށީ ގޮފީގެ ރައީސް އަޙުމަދު އަލީ އާއި، ކުރިން ދިޔަދޫގައި ޑީއާރުޕީ ހިންގި މުޙައްމަދު ގާސިމަށް ގުޅައި އެމިހުން އެއްތަންކުރެވިއެވެ. އަދި އެރޭގެ ޖަލްސާ ފެށުމުގެ ކުރިން ގެމަނަފުށީގެ ޒުވާނުންނަށް ހަމަލާދޭ އޭނަ ބޭނުންވާކަމަށާއި، އެކަމަށް ތައްޔާރު ވުމަށް އެންގިއެވެ.

ޝިޔާމާއި އަހުމަދު އަލި އަދި މުހައްމަދު ޤާޝިމުގެ އެންގުމުގެ މަތިން މުޙައްމަދު ސާލިހާއި ފިޔާޒު އަދި އެމިހުންނާއި އެއްކޮށް އުޅުނު ކުޑަ ގުރޫޕެއް ވެގެން ޖަލްސާ ބާއްވަން ތައްޔާކު ކޮށްފައި އޮތްތަނަށް ގާބަސްތާތަކެއް ވެއްދިއެވެ. އަދި މޮހޮރު ފިލާގަޑާއި، ތޫނު ދަނގަޑު ތައްޔާރުކޮށް ސަރަހައްދަށް ޖަމާކުރިއެވެ. އަދި ޗެއިންފަދަ ތަކެތި ހޯދިއެވެ. ޝިޔާމު މެން ދިޔައީ ރަށުގެ ޒުވާނުންގެ ތެރެއިން ހިއްވަރާއެކު އެކަމުގައި ކުރިމަތިލާންތިބި މީހުނަށް ރިޝްތުގެ ގޮތުގައި ފައިސާ ދެމުންނެވެ. އިލްހާމު ކުރަމުން އައި މަސައްކަތަކީ މައުމޫނުގެ އެހީގައި، ސިފައިންގެ އިތުރު ބާޣީންތަކެއް ގެނައުމަށެވެ. ޖަލްސާ ފެއްޓުމަށް ކަނޑައެޅި ވަގުތު ޖެހުނުއިރުވެސް، ރަށުގެ ގިނަރައްޔިތުންގެ ތާއިދާއި އެހީތެރިކަމުގައި ނުކުމެތިބި ފަހުލަވާމުންގެ ސަފަށް ކުޅަނަމަވެސް ލޮޅުމެއް އެރުވޭގޮތެއްނުވިއެވެ. އެކިއެކި ބާވަތުގެ ހަތިޔާރު ބޭނުންކޮށްގެން ޒުވަނުންނާއި އެމީހުން އެކިފަހަރުމަތިނ ތޮޅުނުއިރުވެސް ތަންފުކެއްވެސް ފަހަތަށް ޖެއްސޭނެ ގޮތެއްނުވިއެވެ. އެންމެފަހުން އަމިއްލަ ފަސްގަނޑު ދެކެ ބިރުން ފާއިބަން ނުކެރި ހުރިމީހާވެސް އެސަރަހައްދައް އައެވެ. އެހިއްވަރު އެނައަށް ލިބުނީ ރަށުގެ ޒުވާނުން ލޭއޮހުރުވައި ރަށުގެ އަމާންކަން ނަގާލައި، ހަމަނުޖެހުން ހިންގަންބޭނުން ނުވާކަން ކަށަވަރު ވުމުންނެވެ.

އެކަމަކު ޒުވާނުން ފަޅުކުރަމުންދިޔަ ޝުއޫރު ތަކަކީ އިލްހާމަށް އަޑުއަހަން އެހާފަސޭހަ އަޑުތަކަކަށް ނުވިއެވެ. ރަށުގެ ތަރައްގީ ފަހަތަށް ޖެހުނުވާހަކައެވެ. އަދުގެ ސަރުކާރުން ރިޝްވަތު ހޯދަން އިލްހާމު އުޅުނުވާހަކައެވެ. ކެމްޕެއިން ތެރޭގައި ވީ އެއްވެސް ވައުދެއް ފުއްދާފައި ނެތް ވާހަކައެވެ. މަޖިލިހަށް ހުށަހަލަންބުނި އެއްވެސް ޕެޓިޝަނެއް ހުށަހަޅާފައި ނުވާވާހަކައެވެ. ރައްޔިތުން ވިއްކައި ކަމުންދާވާހަކައެވެ. ރަށުން ބޭރު އެތަކެއް ބައެއްގެ ކުރިމަތީގައި ހުރެގެން އެއަޑުތައް އެހުމަކީ ހިތާއި ނަފުސަށް ކެއްވާވަރު ކަމަކަށް ނުވިއެވެ. ބޮޑު ޚަރަދު ކޮށްގެން މުށުތެރެއަށް ލައިގެން އުޅޭ ގުރޫޕް އެއްކުރިއެވެ. ފިޔާޒާއި، އާސިމުއާއި، އަބުދުއްސަލަމާއި، މުހައްމަދު ޞޯލިހާއި މިހެންގޮސް ރަށުގައި ތިބި އެންމެ ނުލަފަމީހުން އެއްކުރިއެވެ. އެހާހިސާބަށް ކަންތައް ދެވުނު ތަނާ މައުމުނުގެ އަމުރަށް މަސައްކަތްކުރާ ވަފާތެރި ލަޝްކަރުގެ ބަޔަކު ދިވެހި ފުލުހުންގެ ހެދުމުގައި އަނެއްކާވެސް އަތުވެއްޖެއެވެ. ގެމަނަފުށީގައި މައުމުނަށް ވަފާތެރި 50 ހަކަށް ފުލުހުންނަށް ވެއްޖެއެވެ.

ފުލުހުންގެ ލަޝްކަރު ރުކުރުވާލުމާއެކު ސިދާ އިލްހާމުގެ އޯޑަރަށް، އުމަރުނަސީރުގެ ކޮމާންޑަރުކަމުގައި ތޮއްޑޫ އަލީވަހީދާއި، މަޚުލޫފު އާއި ނިހާން ކުރިއަށް ނުކުމެ ކުރިން ބަޔާންކުރި ރަށުގެ ގުރޫޕާއި، އޭގެ އިތުރަށް ގެމަނަފުށީ ސްކުލުގެ ދަރިވަރެއްކަމުގައިވާ މުހައްމަދު އަނިލް އާއި، ޙާޝިމު އާއި، ހަބީބު، ޖަމްޝީދު މަދީހުގެ އިތުރަށް، އަހުމަދު އިބުރާހިމާއި، އަހުމަދު ސައިދާއި، މައްޝޫރު ޑިކީ އަހަންމާއިދިއާއި މިހެންވީ ގުރޫޕެއް ރަށުގެ ޒުވާނުންނާއި ދިމާކުރުމަށް ނުކުތެވެ. މިއާއިއެކު އިލްހާމާއި ރޮޒައިނާ އަދި ޝިޔާމުގެ އޯޑަރަށް އެތަނަށް އެއްވެ ތިބި ގެމަނަފުށީ ސުކޫލުގެ ކުޑަކުޑަ ކުދިން ކާއުގަންފެށިއެވެ. ބޯ ވާރޭ ވިލާ ގަނޑަކުން ވާރޭ ވެހޭހެން އެސަރަހައްދުގެ ފަޒާ ކަޅުކޮށްލީ އޮށް ގަލުންނެވެ. މިއާއިއެކު މައުމޫނުގެ އަމުރަށް މަސައްކަތްކުރާ ފުލުހުންގެ ލަޝްކަރުވެސް ކަރަންޓު މުގުރުތަށް ހިފައިގެން ފަހައިގަތީ ރަށުގެ ޒުވާނުން ކޮޅެވެ. ސުލްހަވެރިކަމާއެކު، ޤާނޫނު އަސާސިން ލިބިގެންވި ޙައްޤާއިއެއްގޮތަށް އަމިއްލަ ޝުޢޫރު ފާޅުކުރަމުންދިޔަ ޒުވާނުންނެވެ. އެތަކެއް ފަހަރުމަރިން އެމީހުންނާއި ދޮޅި އަނިޔާކުރުމުންވެސް ސުލްހަ އިސްކޮށް އަމާންކަމަށް ގޮވާލަމުންދިޔަ ޒުވާނުންނެވެ.

ސިފައިން އެމީހުންގެ ފުލް ކިޓުގައި ތިބެގެން ކަރަންޓު މުގުރުތަށް ހިފައިގެން ޒުވާނުން ފަހައިގަތުމުން، ރަށުގެ ޚާއިނުންނާއި ބާޣީންނަށް ފުރުސަތު ލިބިގެންދިޔައެވެ. ޒުވާނުންގެ ތެރެއަށް ސިފައިން ދިން ކުއްލި ހަމަލާއާއި ވިދިގެން ރޫޅިގެންދިޔަ ޒުވާނުންގެސް ސަފުތަކުގެ ތެރެއިން ޚާއިނުންނަށް ވަދެގަނެވުނެވެ. އަދި ފުލުހުންގެ އެހީއާއި އެކު ޒުވާނުންނަށް އެމީހުން ބޮޑެތި އަނިޔާކުރިއެވެ. އަދި ޒުވާނުން ގެނެސްފަ އޮތް ޕިކަޕާއި، އޭގެ ތެރޭގައި ބަހައްޓާފައިހުރި ތަކެއްޗަށް ގެއްލުންދިނެވެ. އަމިއްލައަށް ހަދާފައިވާ މަޖިލިހުގެ ގަވާއިދުގެ ހިމާޔަތުގެ ފައިދާނަގައި ރައްޔިތުން ކަތިލިއެވެ. އަލީވަހީދު ވަނީ ކަމާއި ނުބެހި މާދުރުގައި މަންޒަރުބަލަންހުރި ގެމަނަފުށީ ސުކޫލު ކުއްޖަކަށްވެސް ހަމަލަދީފައެވެ. ފުޅިއަކުން އެކުއްޖާގެ ނިއްކުރިގައި ޖަހާފައެވެ. އަދި މަޚުލޫފު ޖެހި އެތިފަހަރަކުން ގެމަނަފުށީ ޒުވާނެއްގެ ބޯފަޅައިގެން ދިޔައެވެ. ނިހާނު ވަނީ އެތާގައި އޮތް ޕިކަޕަށާއި އޭގެ ތެރޭގައި ތިބި ތަކެއްޗަށް ބޮޑެތި ގެއްލުން ދީފައެވެ. މިއީ 17 ވަނަ ރައްޔިތުންގެ މަޖިލިހުގެ މެންބަރުންނެވެ. ދިވެހިން ރަހީނުކުރާ ޕާޓީގެ ޕާލަމެންޓަރީ ގުރޫޕުގެ މެންބަރުންނެވެ.

ރޭގަނޑެއްގެ ތިންބައި ކުޅަ އެއްބައި ފާއިތުވިފަހުން އެމީހުން ހިންގި އަނިޔާވެރިކަމުގެ ހަރަކާތުގައި ދިވެހި ފުލުހުންގެ ތެރެއިން ބައެއްގެ އެހީއާއެކު މުޅިގެމަނަފުށި ސިއްސުވާލިއެވެ. މީހުން ބިރުން ފިއްކަނޑުވަލިއެވެ. ރަށުތެރެއަށް އަރައިގަނެ މަގުތަކުގައި ކާފިއުހިންގިއެވެ. ރައްޔިތުންގެ ގެތަކުގެ މައްޗަށް ގާއުގައި ގޯދިގޮދޮރަށް އަރާގެންފައެވެ. ތަންތަނުގައި ހުޅުޖަހައި އަންދާލަފައެވެ. ރަށުގެ ކައުންސިލަރުގެ އަބުރާއި އިއްޒަތަށް އަރައިގަނެ އަޑު ގަދަކޮށް މުޅިރަށުތެރެ ހަލަބޮލި ކޮށްފައެވެ. ބޭރުފުށުން ނުފެނުނު ކަމުގައިވިއަށް ނަފުސާނީ ގޮތުންނާއި، ޖިސްމާނީ ގޮތުން ރަށުގެ ކުދިބޮޑު އެންމެނަށްވެސް އެތަކެއް އަނިޔާއެއް ވަނީ ލިބިފައެވެ. މިއަނިޔާވެރި އަމަލު ހިންގައި ރައްޔިތުން ނިކަމެތިކޮށް ބަލިކޮށްލުމަށްފަހު އަދި އެމީހުނާއި ކެރިގެން ކުރިމަތިލި މީހުން ތަޅާ ރޯނާ އެރުވުމަށްފަހު މުނާޖާގެ ކުރިންވަނީ ރަށުން ފާބައި ފިލާ ރައްކާވެފައެވެ.

އެހެންކަމުން ދައުލަތުގެ ބަންޑާރަ ނައިބަށާއި، ސްޕްރީމް ކޯޓަށް ގެމަނަފުށީގެ ރައްޔިތުން މިގޮވާލަނީ ގާނޫނު އަސާސީން ބާރު ނުހިންގޭ މުއައްސަސާއެއް މިގައުމުގައި ނުބޭއްވުމަށެވެ. އެގޮތަށް ހަދާފައިހުރި ގާނޫނާއި ގަވާއިދުތައް އުވާލުމަށެވެ. ރާއްޖޭގައި ހަދަފައިވާ އެއްވެސް ގަވާއިދަކުން އަދި އެއްވެސް ގާނޫނަކުން ހިމާޔަތް ލިބިގެންތިބެ ބަޔަކަށް ނުވަތަ މީހަކަށް ރައްޔިތުން ކަދިލެވޭނެ ފަދަ ފުރުސަތެއް ނުދިނުމަށެވެ. ރައީސުލް ޖުމުހޫރިއްޔާއަށް ގޮވާމިލަނި އެފަދަ ޤާނޫނުތައް ތަސްދީގު ނުކުރުމަށެވެ. އަދި މިހާދިސާ ރަގަޅަށް ތަހުގީގުކޮށް ބަލައި ބާޣީން އިންސާފުގެ ކުރިމައްޗަށް ގެނެސް ހައްގު އަދަބު ދިނުމަށެވެ. ދިވެހިންނަށް ހަރާންކޯރުވާ މީހުން ފުލުހުންގެ ތެރެއިން ނެރެ އެމީހުންނަށް ހުރަގެ ދެއްކުމަށެވެ. އަނިޔާވެރިންގެ ކުރިމައްޗަށް ނުކުންނަންވާނީ އަނިޔާވެރި ކަމާއިއެކުއެވެ. އެމީހުންގެ ކުރިމަތީގައި ނިޔާއެއް ނޮންނާނެވެ.

 

ފުރަތަމަ ބައި ވިދާޅުވޭ