ރާގް: މިލޭހޭ އާޕް ޖަބްސޭ ޒިންދަގީ ކިތުނީ ސުހާނީހޭ
މި ލޯބީގާ ސިޓީ ލިޔެލީ، ކޮކާލުގެ ޗާލު ފިޔަތަކުގާ
ވެ ލޯބީން އުދުހިލާތިޔަ، ބީހިލާން ބޮލުގާވި ފަރިމަލުގާ
އެދޭހެން ލަފުޒުތައް ލިޔެފާ އުފާވެރި ހުވަފެނެއްގާވީ
ދެކޭހެން ހިތުގެ ޙާލަތު ފާޅުކުރަމުން ފޮނި އެހުވަފެނުގާ
ފިޔާތޮށިނަލަ " ލިޕްސްޓިކް " ގާ އަކުރުތައްއެކު ކަނޑާނަގަމުން
ތިނާޒުކް ތުންފަތުން ލިބެވޭ އުފާ ބީހުން އެދޭޭ ހިދުގާ
އަޅާވިރުވާލި ރާގާއެކު އެމުނިއެތުރުން ބަލާޣާތްތެރި
އަމާޒު ތިބާގެ އަރިހަށް ބުލްބުލާ އި ހަވާލު ކޮށްލުމުގާ
ޖެހޭ ރޯޅީގެ ހުވަނދާއެކު އިބާރާތްތައް ފަށުވިކަމުގާ
ލިބޭހެން ނޭފަތަށް ފަރި މީރުވަސްތައް އެކުލެވޭ ހިދުގާ
ހިތުގެ ލޭނާރު ބުރިނުވަނީސް ހިތުގެ ސަފުޙާ ފުރާލޯބިން
ހިތުގެ ޑައިރީން ވެޔޭފުރި ލޯބިވާ ޔާރާގެ ނަންއެކުގާ
ސިޓީ ލިބުމަށް ނަދުރު ބުނެގެން، ޖަވާބުގެ ފޮނި ކަމަށް އެދިގެން
ސިޓީއަށް ވެވިގެން ބަރޯސާ، ލޯބިވާ ޔާރާގެ ފަރިކަމުގާ





