18 Aug 10

ނިކާހު ( ކައިވެނި ) ފިލްމުގެ ވާހަކަ އާއި ފިލްމުގެ ލަވަތަކުގެ ތަރުޖަމާ

Print Email
Written by mustharee

nikaah.jpg

ތަރުޖަމާކޮށް ލިޔުނީ : މުޝްތަރީ

ތިނެސްކަން ލޯބީގެ ހާދިސާއެއް ދައްކުވާދޭ މިފިލްމަކީ އައްޑިހައިގެ އަހަރުތަކުގެ ކުރީކޮޅު ވަރަށް މަޝްހޫރު ވެގެން ދިޔަ ފިލްމެކެވެ. އެދުވަސްވަރު އިންޑިޔާގެ ކޯޓްތަކަށް ހުށަހެޅުނު ވަރިނަގައި ދިނުމުގެ މައްސަލަތަކުގެ ހައްލަކަށް މި ފިލްމު ވެގެން ދިޔަ ކަމަށް އަޑުފެތުރި މަޝްހޫރުވެފައިވެއެވެ. މި ފިލްމު ރިލީޒުވެފައިވަނީ 1982 ވަނަ އަހަރުގެ ތެރޭގައެވެ.ޕާކިސްތާނަށް ނިސްބަތްވާ މަޝްހޫރު ލަވަ ކިޔުންތެރިޔާ އަދި އެކްޓްރެސް ސަލްމާއާޢާ އާއި، އައްޑިހައިގެ އަހަރުތަކުގެ ކުރީކޮޅު ހިންދީ ފިލްމު އިންޑަސްޓްރީޒްގެ މެދުއުޑުގައި ފިޔަ ޖަހަމުންދިޔަ ރާޖްބައްބަރު އާއި، ދީޕަކް ޕްރަޝާރު ލީޑްރޯލް އަދާކޮށްފައިވާ މި ފިލްމުގެ ކޮންމެ ލަވައަކީވެސް އަދިއަދަށްދާންދެންވެސް ހިތުގެ އެންމެ ހިމަނާރަށް އަސަރު ފޯރުކޮށްދޭ ފަދަ ހިތްގައިމު ލަވައެކެވެ. އަދި ވަކީން ޚާއްޞަކޮށް ލަވަތަކުގެ ލިރިކްސް ތައްޔާރުކުރެވިފައިވަނީ ޅެންވެރިކަމުގެ ގޮތުން ވަރަށް ފުން އަދި އެހާމެ އަސަރުކުރުވަނިވި ބަސްތަކެއް ހިމަނައިގެންނެވެ. އިބްރަތްތެރި އިބާރާތްތަކެއް ހިމަނައިގެންނެވެ.

އަޅުގަނޑުގެ މި ފަހަރުގެ ތަރުޖަމާ މި ޚާއްޞަ ކޮށްލަނީ ފިލްމު ނިކާހުގެ ލަވަތަކުގެ މައްޗަށެވެ. ލަވަތަކާއެކު ފިލްމުގެ ވާހަކަ ކިޔާލުމުން ލަވައިގައި އެބުނާ އެއްޗެއް ދަނެގަންނަން ފަސޭހަވާނެއެވެ. ކަންމިހެން އޮތުމާއެކު އަޅުގަނޑާއެކު އައްޑިހައިގެ އަހަރުތަކުގެ ކުރީކޮޅަށް ދަތުރެއް ކޮށްލަމާ ބަހީއެވެ.

ހައިދަރު ( ރާޖް ބައްބަރު ) އާއި ނީލޯފަރު ( ސަލްމާ އާޣާ ) ކިޔަވަމުންދިޔައީ އެއް ކޮލެޖެއްގައެވެ. ހައިދަރަކީ ޅެންވެރިކަމަށް ޝަވްޤުވެރިވާ އަމިއްލައަށް ޅެން ހަދާ ދަރިވަރެކެވެ. އަދި އޭނާގެ ޅެންތަކުގެ މަލިކާ އަކަށް ނީލޯފަރު ވެފައިވާއިރު އެފަކީރަށް، ނީލޯފަރު އުޅެނީ ވަސީމް އާއި ( ދީޕަކު ޕްރަޝާރު ) ރަށްޓެހިވެގެން ކަމެއް ނޭގެއެވެ.

ވަސީމަކީ ހައިދަރު އާބާދުގެ ޝާހީ ޚާންދާނެއްގެ ބޭފުޅެކެވެ. ( ނަވާބެކެވެ. ) އަދި ހައިދަރަށް ނޭގުނަސް ނީލޯފަރު އާއި ވަސީމުގެ އެންގޭޖްމެންޓްވެސް ވަނީ ކުރެވިފައެވެ. ކޮންެމެއަކަސް ހައިދަރުގެ މޮޅު ޝާއިރާނާ ޅެންތަކުގެ ސަބަބުން އިސާހިތަކު ހައިދަރަކީ މޮޅު ޅެންވެރިޔަކަށްވެ އަދި އޭނާއަކީ ނަންހިނގާ މެގެޒިން އެއްގެ އެޑިޓަރަކަށް ވެއްޖެއެވެ.

ކޮލެޖް ދައުރު ނިމި ދާދި އަވަހަށް ނީލޯފަރާއި ވަސީމުގެ ކައިވެނި ކުރެވުނެވެ. އަދި ހަނީމޫނަށް، ވާދީތަކާއި އައްސޭރި އެކުލެވޭ ހިތްގައިމު ސަރަހައްދަކަށް ދެމެފިރިން ދަތުރުކުރިއެވެ. ކަންދިމާވިގޮތުން ވަސީމަކީ ވާރުތަވެރި ވިޔަފާރީގެ ހަމައެކަނި ހިއްސާދާރަށް ވުމުން، ހަނީމޫންގެ އުފަލުން ނީލޯފަރު ފަކީރު ބިކަވެ، އެކަނިމާ އެކަނި ކޮޓަރީގައި އިންނަން މަޖުބޫރުވިއެވެ. ނީލޯފަރުގެ ވަށައިގެން ފެތުރިފައިވަނީ ނުދަންނަ ބީރަށްޓެހިކަމެކެވެ. ޖެހުމުންދާ ހިތްގައިމު ވައިރޯޅިވެސް ނީލޯފަރަށް ދެނީ އެކަނިވެރިކަމާއި ހިތްދަތި ކަމުގެ އިހުސާސް ތަކެވެ. ބިޒީ ޝެޑިއުލް އެއްގައި މަސައްކަތްކުރަމުން ދިޔަ ބިޒްނަސްވެރިޔާ، ވަސީމް އަކަށް ނީލޯފަރުގެ ހިތުގެ ޒުވާން ވިންދު ތަކަށް، ސަމާލުކަމެއް ނުދެވުނެވެ. ތިމާގެ ލޯބިވާ ޒުވާން އަނބިމީހާ، ތިމާގެ ކިބައިން އެދެމުންދަނީ ފައިސާއެއް ނޫންކަން ދަނެގަންނާކަށް ވަސީމަކަށް ނޭގުނެވެ.

ނީލޯފަރުގެ އުންމީދަކަށް ވެފައިވަނީ ލޯބިވެތި އުފާވެރި ދިރިއުޅުމެކެވެ. އެކަމަކު އޭނާއަށް ލިބެމުންދިޔައީ އުދާސްކަމާއި އެކަނިވެރިކަމެވެ. ފޫހިކަމާއި މާޔޫސްކަމެވެ. އިރުއެރީއްސުރެން މެންދަމުންއަލިވަންދެން ފިރިމީހާއަށް ކުރާ ދިގު އިންތިޒާރު ތަކެވެ.

ފަޒާ ބީ ހޭނ ޖަވާން ޖަވާން ހަވާ ބީ ހޭން ރަވާން ރަވާން

ފަޒާވަނީ ޒުވާންކަންމަތީގައެވެ. ވައިރޯޅިތައް ދަނީ ދައުރުވަމުންނެވެ.

ސުނާ ރަހާހޭނ ޔޭ ސަމާ، ސުނީ ސުނީ ސީ ދާސްތާން

ޖައްވު އިއްވަމުންދަނީ ފޫހިކަމާއި އެކަނިވެރިކަން އެކުލެވޭ ވާހަކައެކެވެ.

*************************************************

ޕުކާރުތޭހޭނ ދޫރުސޭ ވޮ ޤާފިލޭ ބަހާރުކޭ

ވަރަށް ދުރުދުރުން ބަހާރުމޫސުމުގެ ޤާފިލާތައް ހިތުގެ އަޑިން ގޮވަމުން ދެއެވެ.

ބިކަރު ގަޔޭ ހޭނ ރަންގު ސޭ ކިސީ ކެ އިންތިޒާރު ކޭ

ކޮންމެވެސް މީހެއްގެ އިންތިޒާރުގައި، ބަހާރުމޫސުމުގެ ހިތްގައިމު ކުލަތައް ފަނޑުވެ ކުލަ އޮއްސިގެންްދަނީއެވެ.

ލެހެރު ލެހެރު ކެ ހޯޓުޕަރު، ވަފާ ކީ ހޭން ކަހާނިޔާން

ރާޅުތަކުގެ ތުންތުން މަތީން އިވެމުންދަނީ ވަފާތެރިކަމުގެ ވާހަކަތަކެކެވެ.

ސުނާ ރަހާހޭން ޔޭ ސަމާ، ސުނީ ސުނީ ސީ ދާސްތާން

ޖައްވު އިއްވަމުންދަނީ ފޫހިކަމާއި އެކަނިވެރިކަން އެކުލެވޭ ވާހަކައެކެވެ.

ފަޒާ ބީ ހޭނ ޖަވާން ޖަވާން ހަވާ ބީ ހޭން ރަވާން ރަވާން

ފަޒާވަނީ ޒުވާންކަންމަތީގައެވެ. ވައިރޯޅިތައް ދަނީ ދައުރުވަމުންނެވެ.

************************************************

ބުޖީ މަގަރު ބުޖީނެހީ ނަޖާނެ ކެއިސި ޕިޔާސް ހޭ

ކަރުހިއްކުން ފިލައެވެ. އެހެންނަމަވެސް ކަރުހިއްކުމެއް ނުފިލައެވެ. މިއީ އަނެއްކާ ކޮންކަހަލަ ފެންބޮވައިގަތުމެއް ހެއްޔެވެ؟

ޤަރާރު ދިލްސެ އާޖްބީ ނަ ދޫރު ހޭ ނަ ޕާސް ހޭ

ހިތުގެ ހިތްހަމަޖެމުހާއި އުފާވެރިކަން ވަނީ އަހަންނާއި ވަރަށް ކައިރީގައެވެ. އަދި އެހާމެ ދުރުގައެވެ.

ޔެ ކޭލް ދޫޕް ޗާއޯންކާ ޔެ ޤުރުބަތޭ ޔޭ ދޫރިޔާން

އަހަރެމެންގެ މި ކައިރި ކަމާއި، މި ދުރުކަން ހީވަނީ އަތްވާއި ހިޔަލުގެ ކުޅިވަރެއް ހެއްނެވެ.

ސުނާ ރަހާހޭން ޔޭ ސަމާ، ސުނީ ސުނީ ސީ ދާސްތާން

ޖައްވު އިއްވަމުންދަނީ ފޫހިކަމާއި އެކަނިވެރިކަން އެކުލެވޭ ވާހަކައެކެވެ.

ފަޒާ ބީ ހޭނ ޖަވާން ޖަވާން ހަވާ ބީ ހޭން ރަވާން ރަވާން

ފަޒާވަނީ ޒުވާންކަންމަތީގައެވެ. ވައިރޯޅިތައް ދަނީ ދައުރުވަމުންނެވެ.

***********************************************

ހަރު އޭކް ޕަލް ކޮ ޑޫންޑުތާ ހަރު އޭކް ޕަލް ޗަލާގަޔާ

ފާއިތުވެގެންދާ ކޮންމެ ހިނދުކޮޅެއް ހޯދުމަށްޓަކާ އެހެން ހިނދުކޮޅެއް އާދެއެވެ.

ހަރު އޭކް ޕަލް ފިރާޤްކާ، ހަރުއޭކް ޕަލް ވިސާލްކާ

ކޮންމެ ހިނދުކަޮޅަކީވެސް އެކަނިވެރިކަމުގެ ހިނދުކޮޅެކެވެ. ކޮންމެ ހިނދުކޮޅަކީ ފަނާވެދާނެހެން ހީވާ ހިނދުކޮޅެކެވެ.

ހަރު އޭކް ޕަލް ގުޒަރުގަޔާ، ބަނާކެ ދިލް ޕެ އެކް ނިޝާން

ކޮންމެ ވަގުތެއްވެސް ފާއިތުވެގެންދަނީ ހިތުގައި ނިޝާނެއް އުފައްދާ ދީފައެވެ.

ސުނާ ރަހާހޭން ޔޭ ސަމާ، ސުނީ ސުނީ ސީ ދާސްތާން

ޖައްވު އިއްވަމުންދަނީ ފޫހިކަމާއި އެކަނިވެރިކަން އެކުލެވޭ ވާހަކައެކެވެ.

ފަޒާ ބީ ހޭނ ޖަވާން ޖަވާން ހަވާ ބީ ހޭން ރަވާން ރަވާން

ފަޒާވަނީ ޒުވާންކަންމަތީގައެވެ. ވައިރޯޅިތައް ދަނީ ދައުރުވަމުންނެވެ.

*************************************************

ދުވަހަކީ ނީލޯފަރާއި ވަސީމުގެ ކައިވެންޏަށް އެއްއަހަރުފުރޭ އުފާވެރި މުނާސަބާ ފާހަގަ ކުރެވޭ ދުވަހެވެ. ނޯކިރީންނާއި ޚައްދާމުންގެ އެހީތެރިކަމާއެކު ނީލޯފަރު ހަފުލާއަށް ގެ ތައްޔާރުކުރިއެވެ. ކާނާގެ ބާވްތަކުގެ ނަންހުސްކޮށް ސުފުރާތައް ފަޅުފިލުވިއެވެ. ދެފަރާތުގެ އާއިލީ މެމްބަރުންނަށާއި، ގާތް އެކުވެރިންނަށް ދައުވަތު ދެވުނެވެ. ވަގުތު ކުޑަތަން ވެއްޖެއެވެ. ވަސީމުގެ ޚަބަރެއް ނުވިއެވެ. މިހާ މުހިންމު ދުވަހެއްގައިވެސް ވަސީމްވަނީ އަމިއްލަ ކައިވެނީގެ އުފަލަށްވުރެ ވިޔަފާރީގެ މުއާމަލާތްތަކަށް އިސްކަން ދީފައެވެ. ހަފުލާއަށް ހާޒިރުވި ފަރާތްތަކުގެ އެކިއެކި ސުވާލުތަކަށް ޖަވާބު ދީ ދީ ނީލޯފަރު ފަކީރު ވަރުބަލިވެއްޖެއެވެ. އެންމެ ފަހުން ހަފުލާއަށް ހާޒިރުވި ފަރާތްތައްވެސް އެނބުރި ހިގައްޖެއެވެ. އަދިވެސް ވަސީމެއް ނާދެއެވެ. މިހާ ހިސާބުން ނީލޯފަރަށް ވާނެގޮތަކާއި އޭނާގެ ހިތުގެ ހާލު ދެނެގަތުމަށް ތިޔަ ބޭފުޅުންނާއި ހަވާލުކޮށްލާނަމެވެ.

ދިލްކި އަރުމާން އާނސުއޯންމޭ ބެހެގަޔޭ

ހިތުގެ އުންމީދުތައް ކަރުނައިގެ ސައިލުތަކަކަށް ވެގެން ހިގައްޖެއެވެ.

ހަމް ވަފާ ކަރުކޭ ބި ތަންހާ ރެހެގަޔޭ

ވަފާތެރިވުމަށްފަހުގަވެސް އަހަންނަށް މިޖެހުނީ އެކަނިވެރި ހަޔާތެއް ވޭތުކުރާށެވެ.

ދިލްކި އަރުމާން އާނސުއޯންމޭ ބެހެގަޔޭ

ހިތުގެ އުންމީދުތައް ކަރުނައިގެ ސައިލުތަކަކަށް ވެގެން ހިގައްޖެއެވެ.

ޒިންދަޤީ އިކް ޕިޔާސު ބަންކަރު ރެހެގައީ

ހަޔާތަކީ، ކަރުހިއްކުން ފިލުމެއްނެތް، ފެންބޮވައިގަތުމެއްގެ ގޮތުގައި ވެއްޖެއެވެ.

ޕިޔާރުކޭ ޤިއްޞޭ އަދޫރޭ ރެހެގަޔޭ

ލޯބި ފުރިހަމަނުވެ ބައިކުޅަބައެއްގެ ގޮތުގައި ވެއްޖެއެވެ.

ހަމް ވަފާ ކަރުކޭ ބި ތަންހާ ރެހެގަޔޭ

ވަފާތެރިވުމަށްފަހުގަވެސް އަހަންނަށް މިޖެހުނީ އެކަނިވެރި ހަޔާތެއް ވޭތުކުރާށެވެ.

ދިލްކި އަރުމާން އާނސުއޯންމޭ ބެހެގަޔޭ

ހިތުގެ އުންމީދުތައް ކަރުނައިގެ ސައިލުތަކަކަށް ވެގެން ހިގައްޖެއެވެ.

*************************************************

ޝާޔަދު އުންކާ އާޚިރީ ހޯ ޔޭ ސިތަމް

އޭނަގެ ފަރާތުން ލިބޭ ނުތަނަވަސްކަމަކީ، އޭނަގެ ފަރާތުން ލިބޭނެ އެންމެ ފަހުގެ ނުތަނަވަސްކަން ކަމުގައި ދުށީމެވެ.

ހަރުސިތަމް ޔޭ ސޯޗްކަރު ހަމް ސެހެގަޔޭ

ކޮންމެ ނުތަނަވަސް ކަމަކާއި ވޭންތައް އެއީ އެންމެ ފަހުގެ ކަންތައްތައް ކަމުގައި ހީކޮށް އެކަންކަމަށް ކެތްކުރީމެވެ.

ހަމް ވަފާ ކަރުކޭ ބި ތަންހާ ރެހެގަޔޭ

ވަފާތެރިވުމަށްފަހުގަވެސް އަހަންނަށް މިޖެހުނީ އެކަނިވެރި ހަޔާތެއް ވޭތުކުރާށެވެ.

ދިލްކި އަރުމާން އާނސުއޯންމޭ ބެހެގަޔޭ

ހިތުގެ އުންމީދުތައް ކަރުނައިގެ ސައިލުތަކަކަށް ވެގެން ހިގައްޖެއެވެ.

***********************************************

ޚުދްކޮ ބީ ހަމްނޭ މިޓާ ޑާލާ މަގަރު

އަމިއްލައަށް ފަނާވެގެން ދިޔައީމުހެވެ. ނަމަވެސް

ފާސުލޭ ޖޯ ދަރުމިޔާން ތޭ ރެހެގަޔޭ

ދެ މީހުންގެ ދެމެދުގައިއުދެފިފައިވާ ހިތްހަމަ ނުޖެހުން އެގޮތުގައި ހަރުލާފިއެވެ.

ހަމް ވަފާ ކަރުކޭ ބީ ތަންހާ ރެހެގަޔޭ

ވަފާތެރިވުމަށްފަހުގަވެސް އަހަންނަށް މިޖެހުނީ އެކަނިވެރި ހަޔާތެއް ވޭތުކުރާށެވެ.

ދިލްކި އަރުމާން އާނސުއޯންމޭ ބެހެގަޔޭ

ހިތުގެ އުންމީދުތައް ކަރުނައިގެ ސައިލުތަކަކަށް ވެގެން ހިގައްޖެއެވެ.

(ނުނިމޭ - ދެވަނަ ބަޔަށް އިންތިޒާރުކޮއްލައްވާ)