19 Sep 11

މިފަހަރު ބޮޑު ލައިބްރަރީއެއް.....

Print Email
Written by riza

b_500_0_16777215_00_http___image.gemanafushi.com_di-1131641367915.jpg

ވާރލްޑް ޑިޖިޓަލް ލައިބްރަރީއަކީ، އާދައިގެ ވެބްސައިޓެއް ނޫނެވެ. އެއީ، ވަރަށް ގިނަ ރެފަރެންސްތަކާއި ޑޮކިއުމަންޓްތަކާއި ނާދިރު ލިއުންތައް ހިމެނޭ އަރުޝީފެކެވެ. މި ލައިބްރަރީ އުފެއްދުމުގައި ބައިނަލްއަޤުވާމީ އެތައް ފަރާތެއްގެ ޙިއްޞާ ހިމެނިފައި ވެއެވެ.

ޗައިނާގެ ބޯދާ ލިއުންތަކާއި ޢަރަބި އިސްލާމީ ލިއުންތަކާއި އެމެރިކާއާއި ޔޫރަޕުގެ ބޯދާ ލިއުންތައް، އެ ސައިޓުގައި ވެއެވެ. އެ ސައިޓަށް ޒިޔާރަތްކުރައްވާ ކިއުންތެރިންނާއި ބާޙިޘުންނާއި ތަޢުލީމުޔާފުތާއިންނަށް، ދުނިޔޭގެ ޢިލްމީ ޚަޒާނާތަކުގެ ތަޅުދަނޑިތައް ވަނީ ފޯރުކޮށްދީފައެވެ. މި ބިޔަ މަޝްރޫޢުގެ ބޭނުމަކީ، އިންސާނީ ތާރީޚުގައި އުފެއްދިފައިވާ ޢިލްމާއި މަޢުރިފާ، ފުޅާ ދާއިރާއެއްގައި ފޯރުކޮށްދިނުމެވެ.

އަދި ޙަޟާރަތްތަކުގެ މެދުގައިވާ އިންފާރުތައް ވައްޓާލައި، އިންސާނުންގެ މެދުގައި އޮންނަން ޖެހޭ ގުޅުންތައް އިތުރަށް ހަރުދަނާކުރެވޭނެ މަގު ތަނަވަސްކޮށްދިނުމެވެ. މީގެ އިތުރުން، އެއީ، ތަޢުލީމީ ކަންކަމުގައި ބޭނުންކުރެވިދާނެ ތަނަވަސް ވަސީލަތެކެވެ.

ވާރލްޑް ޑިޖިޓަލް ލައިބްރަރީ އުފެއްދުމުގެ ޚިޔާލު އުފެދިފައިވަނީ، 2005 ވަނަ އަހަރުގައެވެ.
ވާރލްޑް ޑިޖިޓަލް ލައިބްރަރީއަށް ވަޑައިގެންނެވުމަށްޓަކައި

މިތަނަށް

އެއްފަހަރު ކްލިކްކޮށްލައްވާށެވެ.