ވާރލްޑް ޑިޖިޓަލް ލައިބްރަރީއަކީ، އާދައިގެ ވެބްސައިޓެއް ނޫނެވެ. އެއީ، ވަރަށް ގިނަ ރެފަރެންސްތަކާއި ޑޮކިއުމަންޓްތަކާއި ނާދިރު ލިއުންތައް ހިމެނޭ އަރުޝީފެކެވެ. މި ލައިބްރަރީ އުފެއްދުމުގައި ބައިނަލްއަޤުވާމީ އެތައް ފަރާތެއްގެ ޙިއްޞާ ހިމެނިފައި ވެއެވެ.
ޗައިނާގެ ބޯދާ ލިއުންތަކާއި ޢަރަބި އިސްލާމީ ލިއުންތަކާއި އެމެރިކާއާއި ޔޫރަޕުގެ ބޯދާ ލިއުންތައް، އެ ސައިޓުގައި ވެއެވެ. އެ ސައިޓަށް ޒިޔާރަތްކުރައްވާ ކިއުންތެރިންނާއި ބާޙިޘުންނާއި ތަޢުލީމުޔާފުތާއިންނަށް، ދުނިޔޭގެ ޢިލްމީ ޚަޒާނާތަކުގެ ތަޅުދަނޑިތައް ވަނީ ފޯރުކޮށްދީފައެވެ. މި ބިޔަ މަޝްރޫޢުގެ ބޭނުމަކީ، އިންސާނީ ތާރީޚުގައި އުފެއްދިފައިވާ ޢިލްމާއި މަޢުރިފާ، ފުޅާ ދާއިރާއެއްގައި ފޯރުކޮށްދިނުމެވެ.
2006 ވަނަ އަހަރު އުފެދުނު ވިކިލީކްސްގެ ވެބްސައިޓަކީ މިވަގުތު މުޅި ދުނިޔޭގައި އެންމެ ނަންހިގާ އެއް ވެބްސައިޓެވެ. އަދި ހަމަ އެހެންމެ ވިކިލީކްސްގެ ފައުންޑާރ އަދި ޑިރެކްޓަރ ޖޫލިއާން އަސާންޖް އަކީ ދުނިޔޭގައި މިވަގުތު ހުރި އެންމެ މޯސްޓް ވޯންޓެޑް މީހާއަށްވަނީ ވެފައެވެ. ޖޫލިއާން ގެ ވިކިލީކްސްއަކީ ހިލޭސާބަހަށް މަސައްކަތްކުރާ މީޑިއާ އޯގަނައިޒޭޝަންއެކެވެ. ވިކިލީކުގެ މައިގަނޑުމަގުސަދަކީ މިނިވަންކަމާއެކު ތާރީޚީ އަދި ތެދު މައުލޫމާތު ދުނިޔޭގެ މީޑިއާތަކަށް ފޯރުކޮށްދިނުމެވެ.
ވިކިލީކްސްގެ ފައުންޑާރ ޖޫލިއާން ދުނިޔޭގެ އެނެމެ ވޯންޓޭޑް ލިސްޓަށް އަރާފައި މިވަނީކީ ސަބަބުތަކެއް ނެތިއެއްނޫނެވެ. ޖޫލިއާންވަނީ ދުނިޔޭގެ އެންމެ ވަރުގަދަ އަސްކަރީ އަދި ޓެކްނޮލޮޖީއަށް މޮޅު އެމެރިކާގެ ފަތިފުށް ވިކިލީކްސް ވެބްސައިޓުގައި ހާމަކޮށްފައެވެ. މިހާތަނަށް ވިކީލީކްސް އިން ހާމަކޮށްފައިވާ އެމެރިކާގެ ފަތިފުށުގެ ކުރު ޚުލާސާއެއް މިހިސާބުން ހިމަނާލާނަމެވެ.
އެހެން ސިފައަކަށް ބަދަލްވާނަ ފުރުސަތު ލިބިއްޖެނަމަ އެސިފައަށް ބަދަލެއް ނުވާނަން - ލިޒީ
އާދައިގެ އިންސާނަކު ދިރިހުރުމަށްޓަކައި ދުވާލަކު އެފަހަރު ނުވަތަ ދެފަހަރު ކައިގެންވެސް ފަރުޖައްސާލެވިދާނެއެވެ. އެހެންނަމަވެސް ވިހެއި އިރުއްސުރެ ތަފާތުތަކެއްހުރި ލިޒީ އަށް ދިރިހުރުމަށްޓަކައި ދުވާލަކު 60 ފަހަރު ނުވަތަ ކޮންމެ 15 މިނަޓަކުން އެއްފަހަރު ކާންޖެހެއެވެ. އެއީ ގާތްގަޑަކަށް ދުވާލަކަށް 6000 އާއި 8000 އާއިދެމެދުގެ އަދަދަކަށް ކެލަރީ ލިޒީގެ ހަށިގަނޑަށް ބޭނުންވާތީއެވެ.






