22 May 10

މައިގްރައިން

Print Email
Written by @hoo
migraine.jpg
މައިގުރައިން އަކީ ވަރަށް ފުޅާ ދާއިރާއަކަށް ވާހަކަ ދެއްކިދާނެ ބައްޔެއްކެވެ. މައިގުރެއިންގެ ވަރަށް ތަފާތު ބައްތަރުތަކެއްވެއެވެ. މައިގްރައިންގެ ބާވަތްތަކުގެ ތެރެއިން ބޮލުގައި ރިއްސުމަކީ މައިގްރައިންގެ އެންމެ އާންމު ވައްތަރެއެވެ. މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނައިން ފެންނަ ބައްޔެކެވެ. މިއީ އާންމުކޮށް ގިނަބަޔަކަށް ނޭގޭ ބައްޔެކެވެ. މިއީ ޢާދައިގެ ބޮލުގެ ރިއްސުމޭވެސް ގިނަމީހުން ކިޔައެވެ. އާންމުކޮށް މިބަލި ޖެހެނީ އަންހެން ބޭފުޅުންނަށެވެ. ނަމަވެސް މިބަލި ކޮންމެ އުމުރުފުރައަކަށްވެސް ޖެހިދާނެއެވެ. އެކަމަކު ރިކޯޑް ތަކުން ދައްކާ ގޮތުގައި މިބަލިޖެހޭ ކަމަށް ބެލެވިފައިވަނީ އުމުރުން 30 އަހަރާއި 45 އަހަރާއި ދޭތެރޭ އަންހެން ބޭފުޅުންނަށެވެ. މައިގްރައިން މިއީ ނިއުރޮލޮޖިކަލް ޑިސޯރޑާރ އެކެވެ. މިއީ އިންސާނާ ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ޖެހިދާނެ ބައްޔެކެވެ. އަދި މީހާގެ އަމަލު ތަކާ ލައިފް ސްޓައިލް އިންވެސް ޖެހިދާނެއެވެ. އަދި ހަމަ އެހެންމެ ސިކުޑީގެ އުނި ކަމެއްގެ ސަބަބުންވެސް މިބަލި ޖެހިދާނެއެވެ. 
މީގެތެރެއިން ދިރިއުޅުމުގެ ދިމާވާ ކަންތައްތަކުން މިބަލިޖެހުން ވަރަށް ގާތެއެވެ. އޭގެތެރޭގައި އާންމުކޮށް މިބަލި ޖެހެނީ . . . 
- އެލާޖިކް ރިއެކްޝަނެއްގެ ސަބަބުން 
- އަލިގަދަ އައްޔެއް ފެނުން، ބާރުގަދަ އަޑެއް ނުވަތަ ނުބައި ވަހެއް، އަދި ހަމައެހެންމެ،، މީރު ސެންޓެއްގެ ވަސް ދުވުމުން 
- ނަފުސާނީ ގޮތުންނާއި ޖިސްމާނީގޮތުން މިހާ ކަންބޮޑުވެ ހާސްވުން 
- ރަގަޅަށް ނުނިދުމުގެ ސަބަބުން
- ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން
- ރަގަޅު ކާނާ ބޭނުން ނުކުރުމުގެ ސަބަބުން 
- އަލްކޮހޯލް ބޭނުން ކުރުމުގެ ސަބަބުން 
- އަދި މާގަދައަށް ވިސްނާ ފިކުރު ކުރުމުގެ ސަބަބުން 
މިބަލީގެ އަލާމާތެއްގެ ގޮތުގައި ފެނިގެން ދަނީ 
 ބޮލުގައި ރިއްސުމާއި
މޭނުބައި ކުރުމާއި
 ހޮޑުލުން 
އަދި މިބަލި ޖެހުމުން މީހާއަށް އާދަޔާ ޚިލާފު އެހެން ހަރަކާތްތަކެއް ފެނިގެން ދިޔުން އަދި އަޑުއިވެއެވެ. މިއީ އެހެން މީހުންނަށް ނުފެންނަ އަދި އަޑުނީވޭ، އެކަމަކު ތިމާއަށް އަޑުއިވޭ އަދި ފެންނަ ކަންތައްތަކެއެވެ. މިއީ މިބަލިޖެހުމުން ފެނިގެންދާނެ ވަރަށް ނުރައްކާތެރި އަލާމާތެކެވެ. މިބަލީގެ އަލާމާތެއް ފެނިއްޖެ ނަމަ އަވަހަށް ޑޮކުޓަރަކަށް ދެއްކުން މުހިންމެއެވެ. އެގޮތުން ވީހާވެސް އަވަހަކަށް ނިއުރޮލޮޖިސްޓަކަށް ދެއްކިއްޖިއްޔާ ވަރަށް ރަގަޅުވާނެއެވެ.
މިބައްޔަށް ސީދާ ދޭ ފަރުވާއެއް ނޯވެއެވެ. ނަމަވެސް މިބަލީގެ ސަބަބުން ދިމާވާ އިތުރު ކަންތައްތަކަށް ފަރުވާ ކުރެއެވެ. މިބަލި ޖެހޭމީހުން މިބަލި ތިމާގައިގައި ހުންނަކަން ދަނެގެން ދިރިއުޅުން ބައްޓަން ކޮއްފިއްޔާމު، އެއީ އިތުރަށް މިބަލީގެ ނުރައްކާތެރިކަން ނުފެނި ދިރިއުޅެވިދާނެ ގޮތެކެވެ. 
މިބަލި ގިނަފަހަރު ތިމާގައިގައި ހުންނަ ކަމެއްވެސް ގިނަމީހުންނަކަށް ނޭގެއެވެ. މި ކަމުގެ އަސަރު ކުރަނީ އެކި މީހުންނަށް އެކިވަރަށެވެ. ނަމަވެސް މައިގްރައިން އާއި އެކު ދިރިއުޅެން ވެއްޖެނަމަ މީހާއަށް އޭގެ ސަބަބުން ވަރަށް ގިނަ ގެއްލުންތަކެއް ލިބިދާނެއެވެ. އަދި މީގެ މައުލޫމާތާއި ފަރުވާ ހޯދުމް ލަސްވެއްޖެ ނަމަ ހިތާވެރިކަމެއްވެސް ކުރިމަތިވުން އެކަށީގެންވެއެވެ. 
ޚާއްސަކޮށް އަންހެން ބޭފުޅުން މިކަމުގައި ސަމާލުވުން ވަރަށް މުހިންމެވެ. ސަބަބަކީ ވަރަށް އާދައިގެ ކަންތަކާވެސް މައިގްރައިން އެމީހުން ނަށް ކުރިމަތިވެއެވެ. އެހެންކަމުން މިކަމުން ރައްކާތެރި ވުމަށް މައިގްރައިންގެ ފުރިހަމަ މައުލޫމާތު ލިބިގަތުން ވަރަށް މުހިންމެއެވެ.