ތަފްސީލް...

އޭޑްސް (އިނގިރޭސި ބަހުން: AIDS) ބައްޔަކީ އެޗް އައި ވީ ވައިރަސް ގެ ސަބަބުން ޖެހޭ ނުރައްކާތެރި ބައްޔެކެވެ. މިބައްޔަށް އަދި މިހާތަނަށްވަނީ ފަރުވާއެއް ނުހޯދިފައެވެ. އިންސާނީ ތާރީޚް މިހާތަނަށް ދުށް އެންމެ ނުރައްކާތެރި ވަބާގެ ގޮތުގައި ސިފަކުރެވޭ މިބަލީގެ އާޚިރު ނަތީޖާ އަކީ މަރުވުމެވެ.

  • A - އެކްއަރޑް (އިނގިރޭސި ބަހުން: Acquired): އަމިއްލަ އަށް ލިބިގަންނަ
  • I - އިމިއުން (އިނގިރޭސި ބަހުން: Immune): ދިފާއީ ބާރު
  • D - ޑެފިސިއެންސީ (އިނގިރޭސި ބަހުން: Deficiency): ނެތިކޮށްލާ/ދަށް ކޮށްލާ
  • S - ސިންޑްރޯމް (އިނގިރޭސި ބަހުން: Syndrome): އެތައް ބައްޔެއް އެކުލެވިގެންވާ
 

ތަފްސީލް...

ސިއްޚީ ގޮތުން ބޮޑުކަމެއް ދިމާވެއްޖެ ނަމަ އެކަމެއް ހޯދާއިގަތުމަށް ޓަކައި ތަފާތު ޓެސްޓުތައް ހެދުމުގެ ފިކުރު އަހަރެމެންގެ ސިކުނޑީގެ ތެރޭގައި ހިންގާލެވެއެވެ. މިގޮތުން އެކްސް ރޭ އަކީ އަހަރެމެން އެންމެ އާންމުކޮށް ކުރާ އެއް ޓެސްޓެވެ. ހަށިގަނޑުގެ ތެރޭގައިވާ ޓިޝޫ ތަކުގެތެރެއަށް ރޭޑިއޭޝަން ފޮނުވާލެވި މި ރޭޑިއޭޝަން ގެ އެހީގައި ހަށިގަނޑުގެ ތަސްވީރެއް ކުރަހައެވެ. މިގޮތުން ކަށީގެ އެކްސްރޭ ، ދަތުގެ އެކްސްރޭ ގެ އިތުރަށް އަލަށް އުފެދިންގެ އައި އެކްސްރޭ ސީ އޭ ޓީ ސްކޭން ކުރެވެއެވެ.

 

ތަފްސީލް...

ޑިޕްތީރިއާ އަށް ދިވެހިބަހުން ކަރުފޮޅު ލުމޭވެސް ކިޔައެވެ. ޑިޕްތީރިއާއަކީ "ކްރީނެ ބެކްޓީރިއަމް ޑިޕްތީރިއޭ" ނަމަކަށް ކިޔާ ބެކްޓީރިއާއަކުން ޖެހޭ ބައްޔެކެވެ. މިބެކްޓީރިއާ އިންސާނާގެ ކަރުތެރޭއަށް ވަނުމަށްފަހު ޖަރާސީމު ފެތުރިގަނެއެވެ. ޓޮންސިލްއަށާއި ނޭވާލާ ހޮޅިއަށް އަދި ކަރުތެރޭގެ އެކިބަޔަށްވެސް މިބަލިޖެހެއެވެ.

މިބަލިޖެހުން އެންމެ ކައިރި މީހުންގެ ތެރޭގައި މީހުން ގިނަ ތަންތަނުގައި ދިރިއުޅޭ މީހުންނާއި، 15 އަހަރުން ދަށުގެ މިކަމަށް ހާއްސަ ވެކްސިން ނުލިބޭ ކުދިން ހިމެނެއެވެ. މި ބަލީގެ ޖަރާސީމު ކަރުތެރެއަށް ދިޔުމާއި އަލާމާތްތައް ފެނުމާ ދޭތެރޭ ގާތްގަޑާކަށް 2 ހަފުތާ ނުވަތަ ހަތަރު ހަފުތާވަރު ވެދާނެވެ.

މިބަލި އެކަކުގެ ގައިން އަނެކުންގެ ގަޔަށް ފެތުރެނީ މިބަލި ޖެހިފައިހުރި މީހެއްގެ ފަރާތުން ޖަރާސީމު ވައިގެތެރެއަށް ގޮސްގެންނެވެ. އެގޮތުން ނޭފަތުންނާއި، ކަރުތެރެއިން، ލޮލުން، އަދި ހަމުންވެސް މިބަލީގެ ޖަރާސީމު ހަށިގަނޑަށް ތެރެއަށް ހިގައިދާނެއެވެ.

 
ތަފްސީލް...
ލެޔަކީ އިންސާނާގެ ހަށިގަނޑަށް ވަރަށް މުހިންމު އެއްޗެކެވެ. ލެޔާ ނުލާ އިންސާނާއަކަށް ދިރިނޫޅެވޭނެއެވެ. ސަބަބަކީ ލެޔަކީ އިންސާނާގެ ދިރިހުރުމަށް ބޭނުންވާ އެންމެ މުހިންމު އެއް ބައެވެ. ލޭ އިންސާނާގެ ހަށިގަނޑުގައި އެކަށީގެންވާ ވަރަށް ނުލިބިއްޖެނަމަ އިންސާނާ ބަލިކަށިވެ މަރުވެގެންދާނެއެވެ. 
ލޭގެ ހިމެނޭ ބައިތަކަށް ބަލާލާއިރު ޕްލާސްމާ އަކީ ލޭގެ ހިމެނޭ ވަރަށް މުހިންމު މާއްދާއެކެވެ. މި މާއްދާ އެކުލެވެނީ ޕްރޮޓީން އާއި މިނަރަލްސް، އަޔަން، ހޯމޯންސް، ކާބަންޑައި އޮކްސައިޑް، ޕްލޭޓްލެޓްސް އަދި ބްލަޑް ސެލް ތަކުންނެވެ. ބްލަޑް ސެލްގައިވެސް ދެބާވަތެއްވެއެވެ. އެއީ ރެޑް ބްލަޑް ސެލް އާއި ވައިޓް ބްލަޑް ސެލްއެވެ. މީގެ ތެރެއިން ރެޑް ބްލަޑް ސެލް އަކީ ހަށިގަނޑުގައި ވަރަށް މުހިންމު ރޯލެއް އަދާކުރާ ސެލްއެކެވެ. އަޅުގަނޑުމެން އެންމެން ދަންނަ ހިއުމޯ ގްލޯބިން އެކުލެވެނީ މި ސެލްތެރޭގައެވެ. ހިތަކީ މުޅި ހަށިގަނޑަށް ލޭ ފޮނުވާދޭ މެޝިނެވެ. މުޅި ހަށިގަނޑަށް ލޭ ފޮނުވާ ދިނުމުގައި މަސައްކަތް ކުރަނީ  2 ބާވަތެއްގެ ލޭހޮޅިންނެވެ. އެއީ އާރޓަރީސް އާއި ވެއިންއެވެ. މީގެ ތެރެއިން އާރޓަރީސް އިން ފޮނުވާދެނީ އޮކްސިޖަން ހިމެނޭ ލެޔެވެ. އެހެންކަމުން މިމެކޭނިޒަމް އިންސާނާގެ ހަށިގަނޑުގައި ގުދުރަތުން ލައްވަވާފައިވާ ފުރިހަމަކަން ހިތައް ގެނެވުމުން ބިރުވެތިވެއެވެ. މި ނިޒާމުގައި ހިގާ ހުރިހާކަމެއްގެ ފުރިހަމަ ކަމުންނެވެ. 
ލޭގެ މުހިންމުކަން އިންސާނާއަށް ވަރަށް ބޭނުންތެރިއެވެ. އެގޮތުން...
 

ތަފްސީލް...
ސިވިއަރ އެކިއުޓު ރެސްޕިރޭޓްރީ ސިންޑްރޮމް ނުވަތަ ސާސް އަކީ ކްރޯނާ ވައިރަސް އަކުން ޖެހޭ ރޯގާއެކެވެ. ސާސްގެ ތާރީޚަށް ބަލާލާއިރު މިބަލި އެންމެ ފުރަތަމަ ފެނިފައިވަނީ 2002 ވަނަ އަހަރު ޗައިނާގައެވެ. އަދި 2003 ވަނަ އަހަރު އައުޓު ބުރޭކެއްގެ ގޮތަށް މިބަލި މުޅި ދުނިޔެއަށް ފެތުރިގެންދިޔައެވެ. އެދުވަސްވަރު މިބަލިޖެހުނު މީހުންގެ ތެރެއިން ގިނަ މީހުންނަކީ ކާތަކެތި ގެންގުޅޭ މީހުންކަން ފާހަގަ ކޮއްލެވޭ. ދުނިޔޭގެ އެކި ކަންކޮޅަށް މިބަލި ވަރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ފެތުރިގެން ދިޔައެވެ. ސަބަބުތަކެއް ނެތިއެއްވެސް ނޫނެއެވެ. ދަތުރުފަތުރުގެ ނިޒާމުގެ ގޮތުން މުޅިދުނިޔެ ގުޅާލެވިފައިވާއިރު މިފަދަ ބަލިތަކަށް އެއްތަނުން އަނެއް ތަނަށް ދަތުރުކުރުމަކީ ވަރަށް ފަސޭހަކަމެކެވެ.
 
ތަފްސީލް...
މައިގުރައިން އަކީ ވަރަށް ފުޅާ ދާއިރާއަކަށް ވާހަކަ ދެއްކިދާނެ ބައްޔެއްކެވެ. މައިގުރެއިންގެ ވަރަށް ތަފާތު ބައްތަރުތަކެއްވެއެވެ. މައިގްރައިންގެ ބާވަތްތަކުގެ ތެރެއިން ބޮލުގައި ރިއްސުމަކީ މައިގްރައިންގެ އެންމެ އާންމު ވައްތަރެއެވެ. މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނައިން ފެންނަ ބައްޔެކެވެ. މިއީ އާންމުކޮށް ގިނަބަޔަކަށް ނޭގޭ ބައްޔެކެވެ. މިއީ ޢާދައިގެ ބޮލުގެ ރިއްސުމޭވެސް ގިނަމީހުން ކިޔައެވެ. އާންމުކޮށް މިބަލި ޖެހެނީ އަންހެން ބޭފުޅުންނަށެވެ. ނަމަވެސް މިބަލި ކޮންމެ އުމުރުފުރައަކަށްވެސް ޖެހިދާނެއެވެ. އެކަމަކު ރިކޯޑް ތަކުން ދައްކާ ގޮތުގައި މިބަލިޖެހޭ ކަމަށް ބެލެވިފައިވަނީ އުމުރުން 30 އަހަރާއި 45 އަހަރާއި ދޭތެރޭ އަންހެން ބޭފުޅުންނަށެވެ. މައިގްރައިން މިއީ ނިއުރޮލޮޖިކަލް ޑިސޯރޑާރ އެކެވެ. މިއީ އިންސާނާ ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ޖެހިދާނެ ބައްޔެކެވެ. އަދި މީހާގެ އަމަލު ތަކާ ލައިފް ސްޓައިލް އިންވެސް ޖެހިދާނެއެވެ. އަދި ހަމަ އެހެންމެ ސިކުޑީގެ އުނި ކަމެއްގެ ސަބަބުންވެސް މިބަލި ޖެހިދާނެއެވެ. 
 

Page 1 of 6