ތަފްސީލް...

އެއްދުވަހެއްގެ އިރާކޮޅުވަގުތެވެ. އަސްދޫންޏެއް ވަރަށް ބޮޑަށް ފޫހިވެއޖެއެވެ. އެހެންކަމުން ކުޑަކޮށް ބޭރަށް ޖެހިލާ ރައްޓެހިންނާ އެކު މަޖާކޮށްލާ ސަކަރާތްޖަހާލުމުގެ ނިޔަތުގައި އަސްދޫނި ބޭރަށް ނުކުތެވެ. ވަރަށް އަވަސް އަވަހަށް ފޯން ނަގާ ރައްޓެހިންނަށް ގުޅަންފެށިއެވެ. ނަމަވެސް ކަންދިމާކުރި ގޮތުން ހުރިހާ ރައްޓެހިވެސް ވަރަށް ބިޒީއެވެ. ފްރީކޮށް ހުރީ ހަމަ އެންމެ އަސްދޫންޏެކެވެ.

 

ތަފްސީލް...

ހަސަނަކީ ދީންވެރި ކުއްޖެކެވެ. އަޅުކަމުގައި މިދިޔަ ރޯދަމަހުގެ ރޭތައް އިހްޔާކޮށް ނިންމުމަށްފަހު ޝައްވާލްމަހުގެ 06 ރޯދަވެސް ހިފަމުންގޮސްފައިވެއެވެ. އާންމުކޮށް ދިރިއުޅޭ މުޅިމާހައުލާއި ދުރުގައި ކަހަލަގޮތަކަށް ރޯދަމަސް އެއްކޮށް ހޭދަކުރުމަށްފަހު ސުންނަތްރޯދަ ހިފަމުންދެއެވެ. ދުވަހަކީ މިދިޔަ ހަފްތާގެ ބުދަދުވަހެވެ. ގައިގާ ރިއްސާތީ ހަސަނު ދިޔައީ ޑޮކްޓަރަށް ދައްކާލާށެވެ. ނަސީބުދެރަކަމުން ފުރަތަމަ ނެގިނަމްބަރު ކަޓައިގެން ދިޔައީ ހަސަނު ފުންޚިޔާލަކަށް ގެއްލިފައި އިންދައެވެ.

 
Multithumb found errors on this page:

There was a problem loading image /home1/pigthrth/public_html/gm/images/stories/letterdadyy.gif

ތަފްސީލް...

ބައްޕަޔަކު އޭނަގެ ސާދަ ފަނަރައަށްދާ އަންހެންދަރިފުޅުގެ ކޮޓަރިއަށް އެއްދުވަހަކު ވަނެވެ. ކޮޓަރި ތެރެ ފެންނަނީ ވަރަށް ރީއްޗަށް ތަރުތީބު ކުރެވިފައިވަނިކޮށެވެ. އަދި ވަރަށް ރީތިކޮށް ކުނިކަހާ ސާފުތާހިރު ކޮށްހަދާފާ ވަނިކޮށެވެ. ބައްޕަވަރަށް އުފާވެހުރެ ކޮޓަރީގެ އެކިއެކި ދިމާއަށް ރަގަޅަށް ކަޅިހިންގާލިވަގުތު އެނދު މަތީގައި އޮތް ބާލީސް ކައިރީގައި އޮތް ސިޓީއުރައެއް ފެނުނެވެ. ސިޓީއުރައިގެ ބޭރުގައި ޖަހާލައިފާއޮތީ " ބައްޕައަށް " މިހެންނެވެ. ލިބުނީ ހައިރާން ކަމެކެވެ. ތުރުތުރު އަޅާއޮތް އަތަކުން ބިރުވެރިކަމާ އެކު ބައްޕަ އަވަސް އަވަހަށް ސިޓީއުރަކަނޑާލިއެވެ.

 
Multithumb found errors on this page:

There was a problem loading image /home1/pigthrth/public_html/gm/images/stories/kaashi.jpg

ތަފްސީލް...

ރޯދަމަހުގެ ފަހު 10 ގެ ދުވަސްތަކުގެ ތެރެއިން ދުވަހެކެވެ. އާދައިގެ މަތިން މެންދުރުނަމާދުން ފައިބައިގެން ހުސިންމަނިކް ބަދަރުމައްޗަށް ދިޔައެވެ. ގޮސް އެތާ މަޑުކުރިތަނާ ކަނޑުހުޅުދުއަށް ބަޔަކުދާން އުޅޭކަމުގެ މައުލޫމާތު ހުސިންމަނިކަށް ލިބުނެވެ. ހުސިންމަނިކް ވަރަށް އުފާވިއެވެ. އެހެނީ އޭނާ އެއުޅެނީ ކާށިގޯންޏެއް ކަނޑުހުޅުދުއަށް ނުފޮނުވިގެންނެވެ. ފުރުސަތުގެ ބޭބުންހިފާ ކައްޕި ކައިރީ ކާށިގޯންޏެއް ކަނޑުހުޅަދުއަށް ގެންދެވޭނެތޯ ސުވާލްކުރުމުން ކައްޕި ދިން ޖަވާބުން އަޅާ އިތިކޮށް ގެއަށް ދިޔައީ ކާށިގޯންޏެއް ތައްޔާރުކޮށްލާށެވެ.

 

ތަފްސީލް...

މުދައްރިސް ކުދިންނަށް ނަންގަވައި ދެއްވި ފިލާވަޅާކީ ދިވެހި ކާބަފައިން ރިޔަލިގައި މަސްވެރިކަން ކުރުމުގައި ގެންގުޅުނު ގޮތާއި، މަސް ބާނަމުން ދިޔަ ގޮތްތަކެވެ. ފިޅާވަލު ނަގާ ނިމުމުން މުދައްރިސް އެކިއެކި ކުދިންނާ ސުވާލްކުރައްވަން ފެއްޓެވިއެވެ.

"އިބްރާހިމް ނިކަން ބުނެދީބަލަ! ދިވެހި ކާބަފައިން މަސްވެރިކަން ކުރަމުން އައީ ކޮންކަހަލަ އުޅަނދުފަހަރެއްގައިތަ؟"

 

ތަފްސީލް...

އަލީއަށް ސްކޫލަށް ދެވުނީ ގަޑިޖެހުނުފަހުންނެވެ. އެހެންކަމުން އަލީ ގޮސް ކްލާހަށް ވަނުމާއެކު މުދައްރިސް ސުވާލުކުރެއްވިއެވެ.

"އަލީ! ކީއްވެތަ މިއަދު ގަޑިޖެހިގެން ތިޔައައީ؟"

"މަޢަފުކުރައްވާ މުދައްރިސް! އަޅުގަނޑަށް ގެއިން ނައްޓާލެވުނުލެއް މާބޮޑަށް ލަސްވީ."އަލީ ވަރަށް ދެރަވެފައި މުދައްރިސްގެ ކިބައިން މަޢާފަށް އެދުނެވެ.

 

Page 1 of 2