ރިއާލިޓީ އިލްހާމް ގޮޅާބޯއަށް ވެރިކަން ހޯދަދޭން މޮޔަގެރިއެއްހެން ތެޅިބޭލެނީ
Written by maburu
![]()
ގެމަނަފުށީ ދާއިރާގެ ރައްޔިތުން މިހާރު އިލްހާމް ސިފަކުރަނީ ބޯހަމަނުޖެހޭ މޮޔަގެރިއެއްގެގޮތުގައެވެ. މީނާއަކީ ތައުލީމީ ފެންވަރު ވަރަށްދަށް މީހެކަސް، މީނާއަށްވަނީ އިގިރޭސިބަހުން ބަހެއް ދަސްވެފައެވެ. އެއީ "ރިއާލިޓީ" އެވެ. އެހެންކަމުން މިބަސް ކޮންމެ ޖުމްލައެއްގައި މީނާ ބޭނުންކުރެއެވެ.
އިލްހާމަށް މެމްބަރުކަން ލިބުނުފަހުން ގެމަނަފުއްޓަށް ދިޔައީ އެންމެ 2ފަހަރުއެވެ. ފުރަތަމަ ދިޔަފަހަރު ދިޔައީ ޑީއާރުޕީގެ އައުވާނުންނާއި ހަކުރުބޮއެގެންތިބި ޕާޓޭންތަކެއްގޮވައިގެންނެވެ. ރަށަށްއަރާ ފުރަތަމަވެސް ހިނގާ ދިޔައީ ލޭއޮހޮރުވެމެކެވެ. ގެމަނަފުށީ ރައްޔިތުންގެ ހިތްތަކުން މިބިރުވެރިކަމެއް ދުވަހަކުވެސް ނުފިލާނެއެވެ.
މާލޭގެ މަގުތަގުތަކުގައި ދިވެހިރައްޔިތުން ކަތިލަމުން މިދުވާ ރިއާލިޓީ އިލްހާމް މިހާރުމިވަނީ ގެމަނަފުށީ ދާއިރާގެ ރައްޔިތުންގެ އަގު ވެއްޔާއި މޮޑެލާފައެވެ. މިނިވަން މުވައްސަސާތަކާބެހޭ ކޮމެޓީގެ ބައްދަލުވުމަށްވަދެ އެމްއެންބީސީގެ ކޭބަލް ބުރިކޮށްފައި މިއަދު މީނާމިވަނީ އެއީ ދޮގެއްކަމުގައި ބުނެފައެވެ. އެހެންނަމަވެސް މީނާއަކީ ކާކުކަން ނޭގޭ މީހަކު މުޅިމިގައުމުގަވެސް ނުހުންނާނެއެވެ.
ރިއާލިޓީ އިލްހާމް މޮޔަގެރިއެއްހެން ތެޅި މިބާލަނީ، ދެން އިންތިހާބެއްގައި މީނާ ނޮހެވޭނެކަން އެގޭތީއެވެ. އަދި މިގޮތަށް މަގުމައްޗައް ނުކުމެ ދިވެހިން ކަތިލީމާ ގޮޅާބޯއަށް އަނެއްކާވެސް ވެރިކަންލިބި މީނާއަށް މިނިސްޓަރުކުކަން ލިބޭނެކަމުގެ އުންމީދުގައެވެ.





