26 Jan 12

މައުމޫނު ދީނޭ އެއްބައިވަންތަކަމޭ ކިޔާއިރު...

Print Email
Written by bolhey

Golha budu

މައުމޫނުގެ ސަޕޯޓަރުން ދީން ހިމާޔަށް ކުރުމަށް ނުކުތުމުގެ ކުރިން ފަސްއެބުރި އޭނާގެ ވެރިކަމުގައި އިސްލާމްދީނުގެ ކަންތައް އޮތްގޮތް ބަލައިލުން އެދެން. އަދި އޭނާ ދައްކާފައިހުރި ވާހަކަތައް ރަގަނޅަށް ކަނުލައި އަޑުއަހައިލުން ވެސް ރަގަނޅު. މިހާރުގެ ރައީސުލް ޖުމްހޫރިއްޔާ އިސްލާމް ދީނާއި ހިލާފައް ދައްކާފައި އޮތް އެއްވެސް ވާހަކައެއް ނެތް.

ދީނީ ކަންކަމުގައި ބަސް ބުނުން އޮތީ ދީނީ އިލްމުވެރިންނަށް. މިކަން އަދާލަތު ޕާޓީ ގެ ޝެއިޙުން މިއަދު ހަދުމަނެތަސް މިގައުމުގެ އަނިޔާލިބިފަތިބި އެތަކެއް ޝެއިޙުން ހަދުމަ ހުންނާނެ. އަދާލަތު ޕާޓީގެ އިސް ސަފުގައި މިއަދު ތިއްބެވި ޝެއިޙުންނަކީ ދެ އަހަރު ބައިގެ ޝެއިޙުން. އަދާލަތު ޕާޓީ ވުޖޫދައް ގެނައުމަށް ގުރުބާންވި ޝެއިޙުން މިއަދު ކޮބައިތޯ؟އަދާލަތު ޕާޓީގެ އިސް ސަފުން މިއަދު މިފެންނަނީ ކޮންބައެއްތޯ؟؟ މިއަދު ދީނޭ ކިޔައިފައި ވާހަކަ ދައްކަން ކެރުނީ ކޮން ބަޔެއް ގުރުބާން ވެގެންތޯ؟ ޝެއިޙު އިލްޔާސް މިއަދު ވިދާޅުވަނީ ކީކޭތޯ؟ ޝެއިޙު ޝަހީމު މިއަދު މިކޔަނީ ކީކޭތޯ؟ މިއަދުގެ ރައީސް ދީނުގެ ހުކުމަކާއި ހިލާފަށް ދެއްކީ ކޮން ވާހަކައެއްތޯ؟ ދީނީ ނަސޭހަތް ދިނުން ކުރީގައި އޮތީ މައުމޫނު ރުހޭ ގޮތަކަށް ހުއްދަ ދެއްވާފައި، މިއަދު އޮތީ ރައީސް ނަޝީދު ބޭނުން ގޮތަކަށްތޯ؟ ސާރކު ސަމިޓްގައި ސާރކް ގެ ގައުމުތައް ރަމްޒް ކޮށްދިނުމަށް އައްޑޫގައި ބެހެއްޓީ ރަމްޒީ ބިނާތަކެކެވެ. މައުމޫނުގެ ވެރިކަމުގައި މަހުޖަނަކު ރުއްސަން ވެގެން ލަނޑާގިރާވަރުގައި ބެހެއްޓި ލޯރޑް ބުއްދާ އެކެވެ. މައުމޫން ލަދު ގަންނަން ޖެހޭނެއްނޫން ތޯ؟r