02 Oct 11

ބައްޕާ! އަޅުގަނޑަށް 10 ޑޮލަރު ދެއްވަފާނަންތޯއެވެ؟

Print Email
Written by ibn abdulla

di-213175263462.jpg

މީހަކުމުޅިދުވަހު މަސައްކަތުގައި އުޅެފައި ވަރަށް ވަރުބަލިކަމާއިއެކު ގެއަށް އައިއިރު،ދޮރުމަތީގައި އޭނާގެ 5 އަހަރުވީ ފިރިހެންދަރިފުޅު އޭނާގެ އިންތިޒާރުގައިހުއްޓެވެ.

”ބައްޕާ، ސުވާލެއް ކޮއްލަންތޯ؟“

”އާނ! ކީއްވެ ނުކުރަންވީ، ކޮބައި ސުވާލަކީ؟“ ބައްޕަ ޖަވާބު ދިނެވެ.

”ބައްޕާ، ބައްޕައަށް ގަޑިއަކު ކިތައް ޑޮލަރު ލިބޭތޯ؟“

”އެއީ ދަރިފުޅާ ބެހޭކަމެއް ނޫން!، ތިޔަފަދަ ސުވާލެއް ކުރުމުގެ ބޭނުމަކީ ކޮބާ؟“ވަރަށް ރުޅިގަދަވެފަ ބައްޕަ ބުންޏެވެ.

”އަޅުގަނޑު ހަމަ އެނގެން ބޭނުންވަނީ، އަޅެ ބުނެދެއްވަބައްލަވާ! ބައްޕައަށްގަޑިއަކު ކިތައް ޑޮލަރު ލިބޭތޯ؟“ ދަރިފުޅު އާދޭހާއިއެކު ސުވާލު ކުރިއެވެ.

”ދެން ތިހާ އެނގެން ބޭނުންވަންޏާ އެންމެ ރަނގަޅު، ބައްޕައަށް ގަޑިއަކު 20 ޑޮލަރުލިބޭ“

”އެހެންތޯ...“ ކުއްޖާ ޖަވާބު ދިނެވެ. އަދި އިސްދަށަށް ޖަހާލިއެވެ. އިރުކޮޅަކުންއިސް އުފުލާލައި ބުންޏެވެ. ”ބައްޕާ، އަޅުގަނޑަށް 10 ޑޮލަރު ދެއްވަފާނަންތޯ؟“

ބައްޕަ ވަރަށް ރުޅި ގަދަވިއެވެ. އަދި ބުންޏެވެ. ”އަހަންނަށް އާމްދަނީ ލިބޭވަރު،އެވަރަކުން ތިބެލީ ތިކަހަލަ ކޫސަނި ކަމެއް ކުރަންދޯ؟ ކޮންމެވެސް ކުޅޭ އެއްޗެއްނުވަތަ ތާކުންތާކު ނުޖެހޭ އެއްޗެއް ގަންނަން ކަމަށްދޯ؟ ހަމަ މިހާރު ކޮޓަރިއަށްދޭ!!އަދި ތިހާ ކަންތައް ބޮޑުވެގެން ތިއުޅެނީ ކީއްވެގެންކަމާއި މެދު ވިސްނާ!! އަހަރެންކޮންމެދުވަހަކުވެސް މިއުޅެނީ ނުލާހިކު ބުރަކޮށް މަސައްކަތުގައި، އަދި އަހަންނަކަށްތިޔަ ކޫސަނި ކުޅިވަރުތަކަކަށް ވަޤުތެއް ނެތް.“

ދަރިފުޅު ކިޔަމަންތެރިކަމާއި އެކު ކޮޓަރިއަށް ގޮސް ދޮރުލައްޕާލިއެވެ. ބައްޕަބޭރުގަ އިނދެ އެކަމާއި ވިސްނިއެވެ. އަދި ހައްތަހާ ރުޅި ގަދަވިއެވެ. ”އޭނާ ޑޮލަރެއްހޯދާށޭ ކިޔާފަ އެފަދަ ސުވާލުތައް ކުރަން ކެރުނީ ކީއްވެ؟“

ގަޑިއެއްހާއިރު ފަހުން ބައްޕަ ރުޅި މައިތިރިވެ، ރަނގަޅަށް ވިސްނާލިއެވެ. އަދިއޭނާގެ ދަރިފުޅާއި މެދު ކަންތައް ކުރެވުނީ މާހަރުކަށިކޮށްކަން އޭނާއަށް ވިސްނުނެވެ.”އޭނާ 10 ޑޮލަރު ހޯދަން ބޭނުންވީ ކޮންމެވެސް މުހިންމު އެއްޗެއް ގަންނަން ކަމަށްވެސްވެދާނެއެވެ. އޭނާއަކީ މާގިނައިން ފައިސާ ހޯދަން ބުނާ ކުއްޖެއްވެސް ނޫނެވެ.“ދަރިފުޅުގެ ކޮޓަރި ކައިރިއަށް ގޮސް ދޮރު ހުޅުވާލިއެވެ. އަދި ބުންޏެވެ. ”ދަރިފުޅުނިދަނީތަ؟“

”ނޫން ބައްޕާ، އަދި ނުނިދަން“ ކުއްޖާ ޖަވާބުދިނެވެ.

”ބައްޕައަށް ދަރިފުޅާއި މެދު މާހަރުކަށިކޮށް ޢަމަލު ކުރެވިއްޖެދޯ؟ ބައްޕަމާބޮޑަށް މަސައްކަތުގަ އުޅެ ވަރުބަލިވެފަ ހުރިލެއް ބޮޑު ކަމުން އެގޮތަށް ކަންތައްކުރެވުނީ އިނގޭ، މިއޮތީ ދަރިފުޅު ބުނި 10 ޑޮލަރު“

ދަރިފުޅު ކޮޅަށް އިށީނދެލައި ހަމަޖެހިލިއެވެ. އަދި އުފަލުން ގޮސް ބުންޏެވެ.”ވަރަށް ބޮޑަށް ޝުކުރިއްޔާ ބައްޕާ“ އެއަށްފަހު އޭނާގެ ބާލީސް ދަށުން އެހެންޑޮލަރުތަކެއް ނެގިއެވެ. ބައްޕައަށް ކުއްޖާ އަތުގަ އޭރުވެސް ފައިސާ ހުރިކަންއެނގުމުން، އަނެއްކާ ރުޅިގަދަވިއެވެ. ކުއްޖާ ކޮންމެއަކަސް އެފައިސާތައް ގުނާލިއެވެ.އެއަށްފަހު އޭނާގެ ބައްޕައާއި ދިމާލަށް ބަލާލިއެވެ.

”ދަރިފުޅު އަތުގައި ފައިސާ ހުއްޓާ ކީއްކުރަން ފައިސާ ހޯދަން ތިކިޔަނީ؟“ ބައްޕަރުޅިގަދަވެގެން ސުވާލުކުރިއެވެ.

”އެއީ، ކުރިން އަޅުގަނޑު އަތުގައި އެވަރަށް ނެތީމަ، އެކަމަކު މިހާރުއެބަހުއްޓެވެ.“ ދަރިފުޅު ބުންޏެވެ.

”ލޯބިވާ ބައްޕާ، އަހަރެން އަތުގައި މިހާރު 20 ޑޮލަރު އެބައޮތެވެ... ބައްޕަގެވަޤުތުގެ ތެރެއިން 1 ގަޑިއިރު އަޅުގަނޑަށް ވިއްކަފާނަންތޯއެވެ؟“

 

ދަރިންނަކީ، ﷲسبحانه وتعالىތިބާ އަށް ދެއްވި ނިޢުމަތެކެވެ. ދަރިންނަށްވެސް ވަޤުތު ދޭށެވެ. އެހެނީ، ދަރިން އަބަދުވެސް އެދެނީ ތިބާ ކައިރީގައި ވުމަށެވެ. ތިބާގެ ދާއިމީ ލޯއްބެވެ. އޯގާތެރިކަމާއި އަޅާލުމެވެ.